އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ތަރުޖަމާނު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގެ، ތިރީގައިމިވާ މަޤާމުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވައިލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް

ތަރުޖަމާނު

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަޤާމު އޮތް ތަން

އއ. އަތޮޅު ހޮސްޕިޓަލް

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

 އއ. އަތޮޅު ހޮސްޕިޓަލް / ޕަބްލިކް ރިލޭޝަން

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- ހޮސްޕިޓަލުގެ ތަރުޖަމާނެއްގެ ހައިސިއްޔަތުން ޒިންމާދާރުކަމާއެކު، ތަރުޖާމާނެއްގެ ޒިންމާ އަދާކުރުން.

2- ހޮސްޕިޓަލުގެ ޑޮކްޓަރަށް ދެއްކުމަށް އަންނަ އެންމެހައި ފަރާތްތަކަށްވެސް ތަފާތުކުރުމެއްނެތި، ހިތްހެޔޮކަމާއި، އިޙްތިރާމާއެކު މަރުޙަބާކިޔައި، ޚިދުމަތްތެރިގޮތެއްގައި ޚިދުމަތްދިނުން.

3- ޑޮކްޓަރ ޑިއުޓީއަށް ދިޔުމުގެ ކުރިން ކޮންސަލްޓޭޝަން ރޫމުގެ އިންވެންޓްރީ ޗެކްކޮށް، މަދުވާ ތަކެތި ހަމަކުރުން.

4- ބަލިމީހާގެ އެންމެހައި ވާހަކަތަކަށް އަމާނާތްތެރިވެ، އެ ވާހަކަތަކަކީ އަމިއްލަ ސިއްރެއްގެގޮތުގައި ދެކި، އިތުބާރު ދެމެހެއްޓުން.

5- ޑެއިލީ ސާރވޭލަންސާއި، ވީކްލީ ސާރވޭލަންސް ރިޕޯޓަށް އޯ.ޕީ.ޑީން ބޭނުންވާ މަޢުލޫމާތު ނަގައި، ހެލްތު ޕްރަމޯޝަން ސެކްޝަނުން ބޭނުންވުމުން ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

6- ހޮސްޕިޓަލްގައި ޤާއިމްކުރެވިފައިވާ "ހޮސްޕިޓަލް އިންފޮމޭޝަން ސިސްޓަމް" HIS ސިސްޓަމަށް ދުވަހުން ދުވަހަށް އެންޓަރކުރަންޖެހޭ ޑޭޓާ، ދުވަހުން ދުވަހަށް އެންޓަރކުރަމުން ގެންދިއުން.

7- ހޮސްޕިޓަލަށް އަންނަ ބަލިމީހުންގެ އައި.ސީ.ޑީ ކޯޑް ދުވަހުން ދުހަށް އެންޓަރކޮށް ނިންމުން.

8- ބަލިމީހުންގެ ސިއްރުތައް ހިފެހެއްޓުން.

9- ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ރަށްރަށަށް ކުރާ ދަތުރުތަކުގައި ބައިވެރިވާން ޖެހިއްޖެ ހިނދެއްގައި ބައިވެރިވެ ހަރަކާތްތެރިވުން.

10- ޕަބްލިކް ރިލޭޝަންގެ ޑިއުޓި ރޯސްޓަރއާ އެއްގޮތަށް ޑިއުޓީކުރަމުން ގެންދިއުން.

 

 

މަޤާމުގެ ޝަރުޠު

1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއީމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވޮލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއީމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވޮލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވި އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.  

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން މަސައްކަތްތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސާއި، ޝިފްޓް އެލަވަންސް ދެވޭނެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.                                      
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

 

ސުންގަޑި

- މި  މަޤާމަށް  ކުރިމަތިލާ  ފަރާތްތަކުން،  ވަޒީފާއަށް  އެދޭ  ފޯމު  ހުށަހެޅުމުގެ  އެންމެ ފަހުގެ  ތާރީޚަކީ، 2015 އޮގަސްޓު 31 ވާ ހޯމަ ދުވަހުގެ 14:00 އެވެ.

- ފޯމު ހުށަހަޅާނީ، މި ހޮސްޕިޓަލުގެ އިދާރީ ސެކްޝަނަށެވެ.

- މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

- ބަޔާންވެފައިވާ މުއްދަތުގެފަހުން ހުށަހެޅޭ އެޕްލިކޭޝަންތައްވެސް ބަލައެއް ނުގަނެވޭނެއެވެ.

 

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

- މި މަޤާމަށް ކުރަތިލާ މީހުންނާ އިންޓަވިއުކުރުން އޮންނާނީ، މި ހޮސްޕިޓަލުގެ ކޮންފަރެންސް ހޯލުގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، ސެޕްޓެންބަރުމަހުގެ ތެރޭގައެވެ.

- މިވަ ޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 6660645 އެވެ.

2 ޛުލްޤަޢިދާ 1436

17 އޮގަސްޓް 2015
ހޯދާ