ދިވެހިރާއްޖެ
އިޢުލާން
ބަނދަރުމަތީގައިހުރި އެކިފަރާތްތަކުގެ މުދަލާއި ތަކެތި ނެގުމާއިބެހޭ:
ރަށުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީ ގެ ފަރާތުން ފެށުމަށް ތައްޔާރުވެފައިވާތީ، ބަނދަރު ބޭނުންކުރައްވާ ފަރާތްތަކާއި އެހެނިހެން ފަރާތްތަކަށް އުނދަގޫފޯރާފަދަ ގޮތަށް ބަނދަރުގެ އެކިސަރަހައްދުތަކުގައި ބަހައްޓާފައިވާ އެކިފަރާތްތަކުގެ މުދަލާއި ތަކެތި، މިއަދުން ފެށިގެން 5 ދުވަސް ތެރޭ ނަގައިގެން ގެންދިއުމަށް ދަންނަވަމެވެ.
ވީމާ، މިރަށު ބަދަރު ސަރަހައްދުގައިހުރި އެކިފަރާތްތަކުގެ މުދަލާއި ތަކެތި، މިއަދުން ފެށިގެން 5 ދުވަހުގެ ތެރޭގައި (ބަންދު ދުވަސްތައް ހިމެނޭގޮތަށް) ނަގައި ސާފުކުރުމަށް ތަކެތީގެ ވެރިފަރާތްތަކަށް އަންގަމެވެ. އަދި މި މުއްދަތުގެތެރޭގައި އެތަކެތި ބަނދަރު ސަރަހައްދުން ނަގާފައިނުވާނަމަ، ބަނދަރުގެ މަސައްކަތް ކުރުމުގެ ތެރެއިން އެތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމަކަށް މިކައުންސިލުން ޒިންމާނުވާނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.