މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.ރަތްމަންދޫ " މަސްޖިދުއްނަހުޟާ " މިސްކިތުގައި އެޅުމަށް ބޭނުންވާ ނެވިލޯން ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން.

މ.ރަތްމަންދޫ " މަސްޖިދުއްނަހުޟާ " މިސްކިތުގައި އެޅުމަށް ބެނުންވާ ނެވިލޯން ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، ތިރީގައިވާ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ނަންނޯޓު ކުރުން / ރަޖިސްޓްރޭޝަން:

  • މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2025 އެޕްރީލް 30 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ، ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް:([email protected]) އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ.

މައުލޫމާތު:

  • ނެވިލޯނުގެ ބޯމިން 4 (ހަތަރެއް) އެމް.އެމް ހުންނަންވާނެއެވެ.
  • ނެވިލޯނު އަޅާ ސަރަޙައްދުގެ ބޮޑުމިން 1162 އަކަފޫޓު.
  • ފޯރުކޮށްދެވޭ ނެވިލޯން އަކީ މިސްކިތުގައި އެޅުމަށް އެކަށީގެންވާ ނެވިލޯން އަކަށް ވާންވާނެއެވެ.
  • މިސްކިތުގައި ސަފުހުންނަގޮތަށް، ސަފުގެ ލައިން ފާހަގަ ކޮށްފައި ހުންނަ ނެވިލޯން އަކަށް ވާންވާނެއެވެ.
  • ނެވިލޯނުގެ ކުލައަކީ މުށި ނުވަތަ އަޅި ކުލައެވެ.       

 

  • ސިޑިޔާ ގުޅިފައިވާ ދާރަތަކުގައި އެޑްޖް ކަވަރ އަޅަންވާނެއެވެ.

 

  • މި މަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވެލައްވާނަމަ 6720602 އާގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  • މިމަސައްކަތާގުޅިގެން ޕްރީބިޑް މީޓިންގ އެއް ނޯންނާނެއެވެ.

އަގު ހުށަހެޅުން:

  • އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 މެއި 12 ވާ ހޯމަ ދުވަހު 11:00ގައި މ.ރަތްމަންދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ނުވަތަ 2025 މެއި 12 ވާ ހޯމަދުވަހު 10:50 އާއި 11:00 އާދެމެދު [email protected] އަށް އީމެއިލް ކޮށްގެންނެވެ. އީމެއިލް މެދުވެރިކޮށް އަގުހުށަހަޅާ ފަރާތްތަކުން 6720602 އަށްގުޅުއްވައި މެއިލް ލިބުނުކަން ކަށަވަރު ކުރަންވާނެއެވެ.
  • ހާޒިރުވެ އަގު ހުށަހަޅާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ އަގުހުށަހަޅާ ޝީޓު ފުރިހަމަކޮށް  ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
  • އީމެއިލްގެ ޒަރިއްޔާ އިން ހުށަހަޅާ ބީލަންތައް ހުންނަންވާނީ ޕާސްވޯޑް ޕްރޮޓެކްޓް ކުރެވިފައިއެވެ. ސުންގަޑީގެ ކުރިން އީމެއިލް ޒަރިއްޔާއިން އަންދާސީހިސާބު އިދާރާގެ އީމެއިލް [email protected] އަށް މެއިލް ކުރައްވައި މެއިލްގެ ޕާސްވޯރޑް 7910981 އަދި 9522023 އަށް އެސް.އެސް.އެމް އިން ފޮނުވަންވާނެއެވެ.
  • ބީލަމުގައި  ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތަކުން ފޮނުވިދާނެއެވެ. ނަމަވެސް ބީލަންތައް ހުޅުވޭނީ ބީލަން ކެނޑުމަށް ހުށަހަޅާފައިވާ ގަޑީގައި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި ޕަވާއޮފް އެޓަރނީ ދެވިފައިވާ ފަރާތްތަކުގެ ހާޟިރުގައި އެކަންޏެވެ.

މަސައްކަތް ހަވާލުކުރުމުގައި ޕޮއިންޓް ދޭނެ އުސޫލު:

  • މަސައްކަތައް ހުށަހަޅާ އަގު:   % 70
  • މަސައްކަތައް ހުށަހަޅާ މުއްދަތު: % 15
  • މަސައްކަތާއި ގުޅޭ ތަޖްރިބާ:   % 5
  • ނެވިލޯންގެ ކުލަ މުށިކުލަކަމުއިގައިވާނަމަ:

އިތުރު މައުލޫމާތު:

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް މި އިދާރާގެ ނަންބަރު 6720602 އަށް ގުޅުއްވުމަށް ދަންނަވަމެވެ.  މި އިޢުލާނާއެކު ގައިވާ ލިޔުންތައް ތިރީގައި އެވަނީއެވެ.

1-      ބިޑް ރެޖިސްޓްރޭޝަން ފޯމް

2-      ބިޑާއެކު ހުށަހަޅާ ލިޔުންތަކުގެ ޗެކްލިސްޓް ( އެނެކްސް 1 )

3-      އަންދާސީ ހިސާބު ހުށަހަޅާ ފޯމް ( އެނެކްސް 2 )

4-      ހުށަހަޅާފަރާތުގެ ޕްރޮފައިލް ( ޖަދުވަލް 3 )

5-      ފާއިތުވި 3 ( ތިނެއް ) އަހަރުގެ ތެރޭގައި ކޮށްފައިވާ ގުޅުންހުރި މަސައްކަތްތަށް ( ޖަދުވަލް 4 )

             

   

                              21  އެޕްރީލް  2025

 

21 އެޕްރީލް 2025
ހޯދާ