މަޤާމު
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް.އެސް 3، އެސިސްޓެންޓް ޑިރެކްޓަރ
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/7035ރ ، ސަރވިސް އެލަވަންސް: -/2000ރ
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35
(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
މާލެ/ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ / އީ.އައި.އޭ
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- ތިމާވެށްޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތިމާވެށްޓާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ތިމާވެށްޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތިމާވެށްޓާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ތިމާވެށްޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ތިމާވެށްޓާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ތިމާވެށްޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- ތިމާވެށްޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތިމާވެށްޓާ ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އީ.އައި.އޭ ސެކްޝަންގެ މަސައްކަތްތަކާއި ލޯ އެންފޯސްމަންޓް ޔުނިޓް ހިނގާ ނުހިނގާ ގޮތް ބަލައި މުވައްޒަފުންގެ މަސައްކަތްތައް ރާވައި ހިންގައި ޔުނިޓުން ކުރަންޖެހޭ ދަތުރުތައް ރާވައި ދަތުރުގައި ބައިވެރިވާނެ މުވައްޒަފުން ހަމަޖެއްސުން.
- އީ.އައި.އޭ ހެދިފައިވާ މަޝްރޫޢުތައް ކުރިއަށްދާގޮތް މޮނިޓަރކުރުމާއި، މޮނިޓަރިންގ ދަތުރުތަކުގައި ބައިވެރިވެ، ދަތުރާ ގުޅޭ ގޮތުން ތައްޔާރުކުރެވޭ ރިޕޯޓުތައް ބަލައި ވަޒަންކުރުން.
- އީ.އައި.އޭ ސްކޯޕިން މީޓިންތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، އީ.އައި.އޭ ރިޕޯޓު އިވެލުއޭޓްކުރުމާއި އީ.އައި.އޭ މޮނިޓަރިން އަދި ސަރވައިލަންސް މަސައްކަތުގައި އެހީތެރިވުން.
- އީ.އައި.އޭ ރިޕޯޓުތައް އިވެލުއޭޓް ކުރުމަށްފަހު އިވެލުއޭޓަރުންގެ ފަރާތުން ލިބޭ މަޢުލޫމާތު އިތުރަށް އެސެސްކޮށް ރިޕޯޓާ މެދު ގޮތެއް ނިންމުމަށް ކަމާބެހޭ ފަރާތްތަކާ ވިލަރެސްކުރުން.
- ކޮންސަލްޓަންޓުންނާއި، ރިޕޯޓު ވަޒަންކުރައްވާ ފަރާތްތަކާއި، މަޝްރޫޢު ހިންގާ ފަރާތްތަކާއި، ސަރުކާރުގެ އިދާރާތަކާއެކު ވިލަރެސްކުރުން.
- ތިމާވެށްޓާބެހޭ ކަންކަމުގައި އީ.ޕީ.އޭގެ ފަރާތުން ދޭންޖެހޭ ފަންނީ ލަފާދިނުން.
- މި އެޖެންސީން ތަންފީޛުކުރާ ޤާނޫނުތަކާއި ގަވާއިދުތަކަށް ރައްޔިތުންނާއި ވިޔަފާރި ކުންފުނިތައް އަހުލުވެރި ކުރުން.
- ތިމާވެށްޓާބެހޭ ޤާނޫނާއި ގަވާއިދާއި ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާއި އެކަމާ ބެހޭގޮތުން ލިޔަންޖެހޭ ރިޕޯޓުތައް ހެދުން.
- ޔުނިޓުން ދޫކުރަމުންދާ ހުއްދަތަކާއި ފާސްކުރެވޭ ތަކެތި ފާސްކުރަމުން ދަނީ ހެދިފައިވާ ގަވާއިދުތަކާ އެއްގޮތައްކަން ކަށަވަރު ކުރުން.
- މުވައްޒަފުންގެ ޕާފޯރމަންސް އެޕްރައިޒަލް މުވައްޒަފުންނާ މަޝްވަރާކޮށްގެން ނިންމުން.
- ޔުނިޓުގެ ވޯރކް ޕްލޭނާއި ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޭޖެންސީގެ ނަންބަރު 3335949 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތިމާވެށްޓާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތެއް ކަމުގައިވުން.
- މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރި ވެފައިވާ ފަރާތެއް ކަމުގައިވުން.
- ދިވެހި ބަހާއި، އިނގިރޭސި ބަހުން ފަރިތަކޮށް ވާހަކަ ދެއްކުމާއި، ޓައިޕްކުރަން އެނގޭ ފަރާތަކަށްވުން.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި އެޖެންސީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި އޭޖެންސީގެ ވެބްސައިޓް www.epa.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ތިމާވެށްޓާ ގުޅޭ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
- ސުންގަޑި: 30 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް.
- މި މަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ 01 މަސްދުވަހުގެ (ބަންދު ދުވަސްތައް ނުހިމަނައި) ތެރޭގައި އެންގޭނެއެވެ.
|
01 ޛުލްޤަޢިދާ 1436
|