މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ދޮންފަނުގައި 243 ފޫޓްގެ ކޯރު ކޮނެ ކޭބަލް ވަޅުލުން

ބ.ދޮންފަނު ކޮމިއުނިޓީ ޕާކް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ކަރަންޓް ލުމަށްޓަކައި 243 ފޫޓް ގެ ކޯރުކޮނެ ކޭބަލް ވަޅުލާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 24 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިކައުންސިލަށް ވަޑައިގެން އަގުހުށަހެޅުމަށް ދަންނަވަމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު އަދި އަގު ހުށަހަޅާ ފޯމް މިއިއުލާނާއެކު އާއްމުކުރެވިފައިވާނެއެވެ.

އަގު ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިދާރާގެ ނަންބަރު 4005054 ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.   

21 އެޕްރީލް 2025
ހޯދާ