ލ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސުކޫލްގައި ކުރަންހުރި ބައެއް މަރާމާތުތައް ކުރުމާއި ގުޅޭ:-

އިޢުލާން                

 

ސުކޫލްގައި ކުރަންހުރި ބައެއް މަރާމާތުތައް ކުރުމާއި ގުޅޭ:-

 

މިމަދަރުސާގެ އިމާރާތްތަކުގައި ހަރުކޮށްފައިހުރި ދިޔަދޮވިތަކާއި އަސްކޭނި ދޮށުގެ ސީލިންގްގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތައްއެދި ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަންބަރ: (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަންބަރ: (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ތިރީގައި މިވާ ތާރީޚްތަކުގައި މިމަދަރުސާއަށް ވަޑައިގެންދެއްވުން އެދެމެވެ.

  • ބީލަމުގައި ރަޖިސްޓްރީކުރުން: 21 އޭޕްރީލް 2025 އިން  28 އޭޕްރީލް 2025  އަށް ރަސްމީ ކޮންމެދުވަހަކު 9:00 އިން 13:00 އަށް މިމަދަރުސާއަށް ވަޑައިގެން ނުވަތަ ފޯނުން ގުޅައިގެން ރަޖިސްޓްރީ ކުރެއްވުން. (ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ޝެޝަންގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.)
  • މަޢުލޫމާތު ސާފުކުރުން: 30 އޭޕްރީލް 2025 ބުދަދުވަހުގެ  10:30 ގައި މިމަދަރުސާގެ އޮފީހުގައި.
  • ބީލަން ހުށަހެޅުން: 06 މެއި 2025 އަންގާރަ ދުވަހުގެ  10:30 ގައި މިމަދަރުސާގެ އޮފީހުގައި.

މަޢުލޫމާތު ސާފުކުރެއްވުމަށް އަދި ބީލަން ހުށަހެޅުމަށް ވެރިފަރާތުގެ ބަދަލުގައި މީހަކު ދުރުވާނަމަ ދުރުވާ ބޭފުޅަކު ވެރިފަރާތުގެ ސިޓީ އާއި އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

      ބީލަން ހުށަހަޅަންވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ސުކޫލް ހޯލް އިމާރާތުގެ ސީލިންގް މަރާމާތުކުރުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މިސްކޫލްގެ ފޯން ނަންބަރ 6800008 އަށް ގުޅުއްވުން އެދެމެވެ.

23 ސައްވާލް 1446 ހ.

                  21 އޭޕްރީލް 2025 މ.          

21 އެޕްރީލް 2025
ހޯދާ