ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
ސައިޓް މެނޭޖަރ

ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހަކު ބޭނުންވެއްޖެ

މަޤާމު

ސައިޓް މެނޭޖަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް.އެސް 3 / އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު

01

ވަޒިފާ އަދާ ކުރަންޖެހޭ ރަށް/ އޮފީހާއި،  ޔުނިޓް

ރީޖަނަލް ސެކްޝަން/ ޕަބްލިކް ވަރކްސް ސަރވިސަސް/ ތ.ވިލުފުށި މަގު މަރާމާތުކޮށް ބަލަހައްޓާ ޔުނިޓް

މުސާރައާއި ޢިނާޔަތްތައް

  • މުސާރަ: -/7,035ރ
  • ސަރވިސް އެލަވަންސް: -/2,000ރ
  • އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.)

ޝަރުޠު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޔުނިޓްގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ޔުނިޓުން ތައްޔާރުކޮށްފައި އޮންނަ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ދުވަހުން ދުވަހަށް މަސައްކަތްތައް ރާވާ އެކަމާބެހޭގޮތުން ކުރަންޖެހޭ ހުރިހާ އިންތިޒާމުތަކެއްކޮށް، ހިންގާ މަސައްކަތްތައް ބެލެހެއްޓުން.
  • ޔުނިޓް ހިންގުމަށްޓަކައި ކުރަންޖެހޭ ހުރިހާ އިދާރީ މަސައްކަތްތައް ރާވައި، ހިންގުން.
  • ޔުނިޓްގެ މަސައްކަތްތައް ސުޕަވައިޒްކޮށް، މޮނިޓަރކޮށް މަސައްކަތު ރިޕޯޓު ތައްޔާރު ކުރައްވާ، ޗެކުކުރުން އަދި ދުވަހުން ދުވަހަށް ސެކްޝަން ހެޑަށް ޕްރޮޖެކްޓް ސްޓޭޓަސް ރިޕޯޓުކޮށް، ސެކްޝަނަށް ރިޕޯޓު ފޮނުވުން.
  • ކޮންމެ ދުވަހަކުމެ އެދުވަހެއްގެ މަސައްކަތް ޝެޑިއުލްތަކާ އެއްގޮތަށް ތަންފީޒުކޮށް ނުނިމިހުންނަ މަސައްކަތްތައް ސެކްޝަން ހެޑްގެ ލަފާގެމަތިން ކުރިޔަށް ރޭވުން.
  • ޔުނިޓްގެ މަސައްކަތްތަކަށް ހޯދަންޖެހޭ ތަކެތީގެ ލިސްޓް ތައްޔާރުކޮށް ކަމާބެހޭ ދާއިރާތަކަށް ރިކްއެސްޓްކުރެވުމާއި، ލިބޭ ތަކެއްޗާއި، ބޭނުންކުރެވޭތަކެތީގެ ހިސާބު ދުވަހުން ދުވަހަށް ޗެކުކޮށް ބެލެހެއްޓުން.
  • ޔުނިޓްގެ ހުރިހާ ތަނެއް ސުޕަވައިޒްކޮށް މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް މުވައްޒަފުން ލައްވާ މަސައްކަތްތައް ކުރުވާ، ސައިޓްތެރޭއާއި ސައިޓްގައި ބޭނުންކުރާ ހުރިހާ އިކްއިޕްމަންޓްތަކާއި އެހެނިހެން ތެކެތި މަސައްކަތް ނިމުމުން ސާފުކުރުވާ ރައްކައުކުރޭތޯ ބަލައި އެތަންތަނާއި ތަކެތި ޗެކުކޮށް ބެލެހެއްޓުން.
  • ޔުނިޓްގައި މަސައްކަތްކުމުގައި ދިމާވާ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ޔުނިޓްގެ މުވައްޒަފުންނާއި ވާހަކަ ދައްކައިގެން ހޯދައި، އެފަދަ މައްސަލަތައް ހައްލުކުރުން.
  •  މަސައްކަތުގެ ޙަރަކާތްތެރިވާ މުވައްޒަފުންގެ ސަލާމަތާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދިނުމާއި، މިފަދަ ކަންކަމުގައި ބޭނުންވާނެ ފަންނީ މަޢުލޫމާތު ސެކްޝަން ހެޑްގެ ލަފާގެ މަތިން ޔުނިޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިނުން.
  • އޮފީހުގެ އިދާރީ އޮނިގަނޑާއި އެއްގޮތްވާ ގޮތުގެމަތިން ޕްރޮޖެކްޓްސް ދާއިރާގެ ސައިޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެކިކަންކަމުގައި ދެކޭގޮތާއި، އަޚުލާޤާއި ސުލޫކީ މިންގަނޑު ބަލަމުން ގެންދިއުމާއި، އިޞްލާޙު ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް، ޔުނިޓްގެ އޮފިސަރުންނާއި ސެކްޝަންގެ ހެޑްގެ ސަމާލުކަމަށް ގެނައުމާއި، މުވައްޒަފުންނާ ބެހޭގޮތުން ކުރެވޭ މުޢާމަލާތުތަކުގެ ފުރިހަމަ ރެކޯޑްސް ބެލެހެއްޓުމާއި، ހަމަޖެހިފައިވާ އުސޫލުތަކާއި ޚިލާފަށް ހިނގާކަންކަން އިޞްލާޙު ކުރުން.
  • މީގެ އިތުރުން ކުރަންޖެހުނު ޔުނިޓްގެ ކޮންމެ ކަމެއް ވެރިން އަންގަވާގޮތެއްގެ މަތިން ކުރުން. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސަރވިސަސްގެ ނަންބަރު 3323537 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ތައުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • އިންޓަރވިއު.
  • ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
  • ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
  • މާލިއްޔަތު ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޕަބްލިކް ވަރކްސް ސަރވިސަސްއަށް (ޢިއްޒުއްދީންމަގު، މާފަންނު/ މާލެ)
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 02 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން.

އިންޓަރވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ ސެޕްޓެންބަރު 2015 އިގެ ތާރީޚެއްގައި މިސަރވިސަސްގެ ތ.ވިލުފުށީ ޔުނިޓް އޮފީހުގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލެ އޮފީހުންނެވެ.)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

މި ވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

03 ޛުލްޤަޢިދާ 1436 

18 އޮގަސްޓް 2015
ހޯދާ