ދިވެހިރާއްޖެ
މިއަހަރުގެ އަންހެނުންގެ ދުވަސް، 26 އޭޕްރިލް 2025 ވާ ހޮނިހިރު ދުވަހު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް އ.ތ.މ ކޮމެޓީން ވަނީ ނިންމަވާފައެވެ. އަދި މިދުވަހުގެ މުނާސަބަތުގައި ރަށުގައި ދިރިއުޅޭ 18 އަހަރުން މަތީގެ އަންހެނުންނަށް ރޭގަނޑުގެ ފަރިއްކޮޅެއް ދިނުމަށް ކޮމެޓީންވަނީ ނިންމަވާފައެވެ.
ވީމާ ތިރީގައިވާ ތާވަލާއި އެއްގޮތަށް މި ކެއުން ތައްޔާރޮކޮއްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ކޯޓޭޝަން ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅުއްވަންވާނީ ބޮލަކަށްޖެހޭ ރޭޓް އަދި ޖުމްލަ އަގު އެނގޭގޮތަށެވެ.
އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވާ ފަރާތްތަކުން 6720034 މި ނަމްބަރ އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
|
ރޭގަނޑުގެ ކެއުން |
ބޭނުންވާ އަދަދު |
|
ފްރައިޑް ރައިސް/ ރީނދޫ އެޅި ތަރުކާރީ ބަތް |
145 މީހުންނަށް |
|
ޗިލީ ޗިކަން |
145 މީހުންނަށް |
|
ޕާޕަރު |
145 މީހުންނަށް |
|
ޕިރިނީ |
145 މީހުންނަށް |
|
ކިއުކަމްބަރ/ ކެރެޓް (ކޮށާފައި) |
145 މީހުންނަށް |
|
ޖޫސް (ސަންކްއިކް) |
145 މީހުންނަށް |
|
|
|
