| ވަޒީފާގެ ފުރުސަތު | 
| މަޤާމް: | މަސައްކަތު | 
| ބޭނުންވާ ޢަދަދު: | 2 )ދޭއް) | 
| މަޤާމުގެ ގިންތި އާއި މުއްދަތު: | 1 އަހަރު (ވަގުތީ) | 
| މަޤާމުގެ ނަންބަރު: | YC019, YC018 | 
| ވަޒީފާ އަދާކުރަންޖެހޭ ތަން: | މަރަދޫފޭދޫ އިޖުތިމާއީ މަރުކަޒު، މަރަދޫފޭދޫ އަވަށު އޮފީސް | 
| މުސާރަ: | 3100/- | 
| ސަރވިސް އެލަވަންސް: | 1000/- | 
| އެހެނިހެން އެލަވަންސް: | 
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.މިނިމަމް ވޭޖްގެ ގޮތުގައި އެ ރޭންކަކަށް ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ. | 
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 
ދުވަހުން ދުވަހަށް ތަނުގެ ސާފުތާހިރުކަން ބެލެހެއްޓުންދުވަހުން ދުވަހަށް ފޮޅާ ސާފުކުރުންފާޚާނާތަކާއި އޮފީސްތެރެ ސާފުކުރުންތަނުގެ ވަށައިގެންވާ ކުނިބުނި ނަގާ ސާފުކުރުން.މަރުކަޒާއި އަދި މަރުކަޒުން ބަލަހައްޓަންޖެހޭ ތަންތަނުގެ އެތެރެއާއި ބޭރުގެ ރައްކާތެރިކަމާއި، ތަނުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމާއިއެކު މަސައްކަތުގެ ވަގުތުގައި ދޭންޖެހޭ ސަމާލުކަން ހުރިހާ  އޭރިޔާތަކަށް ދިނުމާއި އަދި މަރުކަޒުގެ އެއްވެސް އޭރިޔާއެއްގައި ސަލާމަތީ ކަންތައް ބެލެހެއްޓުމުގައި އެއްވެސް ދަތިކަމެއް ވާނަމަ އެކަމެއް މަރުކަޒުގެ އިސްމުވައްޒަފަށް މައުލޫމާތުދިނުމާއެކު އެކަމެއް ހައްލުކުރުމަށް އަމަލީގޮތުން މަސައްކަތްކުރުން.މަރުކަޒަށް ހާޟިރުވުމާއި ހާޟިރުވެ ސޮއިކުރުންފަދަ ހުރިހާކަމެއްގައި އަމިއްލަ މަސްއޫލިއްޔަތު އުފުލުމާއެކު އިސް މުވައްޒަފަށް ދޭންޖެހޭ އެއްބާރުލުން ދިނުން.މަރުކަޒުން ހޯދަންޖެހޭ ތަކެތި ހޯދުމުގައި އިސްމުވައްޒަފުންގެ އިރުޝާދާއެއްގޮތްވާގޮތުގެ މަތިން ހޯދަންޖެހޭ ލިޔެކިއުމާއި ސާމާނު ގެނެސް ގެންދިއުމާއި އަދި އެފަދަ ކަންތަކުގައި އިސް މުވައްޒަފަށް ދޭންޖެހޭ އެއްބާރުލުން ދިނުންމަރުކަޒުގެ އެއްވެސް އޭރިޔާއެއްގައި ހަމަނުޖެހުން އުފެދޭނެ އެއްވެސް ކަމެއް ހިނގިދިޔަނުދިނުމާއި މަރުކަޒުގެ އޭރިޔާތަކުގައި ގާނޫނާ ގަވާއިދާ ޚިލާފް އެއްވެސް ކަމެއް ހިނގިދިޔަނުދިނުމުގެ ގޮތުން އަމަލީގޮތުން މަސައްކަތްކުރުމާއެކު މަރުކަޒުގެ އިސް މުވައްޒަފަށް މައުލޫމާތު ފޯރުކޮށްދިނުމާއި ދޭންޖެހޭ އެހީތެރިކަން ދިނުންމަރުކަޒުން ހިންގާ ޕްރޮގްރާމުތަކުގައި އިސްމުވައްޒަފުންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ޕްރޮގްރާމުތަށް ހިންގުމުގައި އަމަލީގޮތުން ބައިވެރިވުމަށް އެދެވިއްޖެނަމަ ބައިވެރިވުން. | 
| މަޤާމުގެ ޝަރުތުތައް: | ލިޔަންކިޔަން އެނގުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން. | 
| ހުށަހަޅަންޖެހޭ ލިޔުންތައް:         | 
ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)ފޯމުގެ ލިންކް: https://adducity.gov.mv/uploads/1557727304.pdf
ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
 (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
 
މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
 | 
| ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
އަސާސީ ޝަރުތު ހަމަވުމުން - %50އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް - %5އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5އިންޓަރވިއު - %40 މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 70 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ. ނޯޓް: މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ. | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 މޭ 2025 ވާ އަންގާރަ ދުވަހުގެ 13:30 ކުރިން، މަރަދޫފޭދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ. | 
| އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2025 މޭ 07 އާއި 2025 މޭ 15 އާއި ދެމެދު، މަރަދޫފޭދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. | 
| ޝޯޓް ލިސްޓްކުރުން: | މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. | 
| އިތުރު މަޢުލޫމާތު ހޯދުން | މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6891523 ނަންބަރު ފޯނާއެވެ. | 
| 22 ޝަޢުވާލް 1446 20 އޭޕްރީލް 2025 |