މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބުޅާ ރައްކާތެރި ގޮތުގައި ހިފައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

 ބުޅާ ރައްކާތެރި ގޮތުގައި ހިފައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

         މިރަށުގައި މިހާރަކަށް އައިސް އާންމުންނަށް އުނދަގޫވާވަރަށް ބުޅާ ގިނަވެ، ބުޅާ މަދުކުރުމަށް ރައްޔިތުންގެ ފަރާތުން އެދިފައިވާތީވެ، ރައްކާތެރި ގޮތުގައި ބުޅާ ހިފައި، ފަޅުރަށަކަށް (އެއްވެސް ކައުންސިލެއްގެ އިހުތިޞާސްތެރޭގައި ނުހިމެނޭ ރަށަކަށް) ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އަދި މި މަސައްކަތް ކުރަންވާނީ ބުޅަލަށް އެންމެ ރައްކާތެރި ގޮތަށެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 27 އޭޕްރީލް 2025 ވާ އާދިއްތަ ދުވަހުގެ ކުރިން އިނގުރައިދޫ  ކައުންސިލް އިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

 ނޯޓް: އަގު ހުށަހަޅަން ވާނީ 300 ބުޅާ ހިފައިދޭނެ އަގެކެވެ.

           ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

20 އެޕްރީލް 2025
ހޯދާ