މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މާފަރުގެ އިރުން 9.5 މޭޅު ބޭރުގައި އަޅާފައިވާ އޮއިވާލި ކަނދުފައްޗާބެހޭ

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ގެ ނަންބަރު 30-FBI/228/2025/2 ސިޓީއާއި ހަވާލާދީ ދަންނަވަމެވެ.

މިނިސްޓްރީން ހިންގަމުންގެންދާ އޮއިވާލި ކަނދުފަތި ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ނޫނު އަތޮޅު މާފަރުގެ އިރުން ޤާއިމްކޮށްފައިވާ ކަނދުފަތީގެ މަޢުލޫމާޓު ތިރީގައި އެވަނީއެވެ.

ކަނދުފަތީގެ މަޢުލޫމާތު

ޤާއިމްކުރި ސަރަޙައްދު

ނ. މާފަރުގެ އިރުން 9.5 މޭލުބޭރުން

ކަނދުފަތީގެ ނަންބަރު

E10D01-02

ޤާއިމްކުރި ތާޜީޙު

10 އެޕްރީލް 2025

ޕޮޒިޝަން

5 ދަރަޖަ 49.800 މިނިޓް، އުތުރުން އަރުޟު (5°49.800’N)

73 ދަރަޖަ 38.800 މިނިޓް، އިރު ތޫލު (73°38.800’E)

އެނގިވަޑައިގަންނަވާނޭ ފަދައިން ދޮށީގެ މަސްވެރިކަމަށް އަމާޒްކޮށް ޤާއިމްކުރާ ކަނދުފަތިތަކަކީ ދަޢުލަތުގެ ބޮޑުހޭދައެއްކޮށް، ބުރަ މަސައްކަތްތަކަކަށް ފަހު ޤާއިމްކޮށްފައިވާ ކަނދުފަތި ތަކެއްކަމުގައު ދަންނަވަމެވެ. މި ކަނދުފަތި ތަކާއިމެދު ސަމާލުވެ، ކަނޑުފައްޗަށް ގެއްލުމެއް ނުދިނުމަށް އިލްތިމާސްކުރަމެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ. 

20 އެޕްރީލް 2025
ހޯދާ