ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
ސީނިއަރ އާކައިވްސް އޮފިސަރ

މި އިޢުލާންވަނީ 21 އެޕްރީލް 2025 14:13 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާނު

 

މަޤާމު:

ސީނިއަރ އާކައިވްސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-388865

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު، މާލެ.

މުސާރަ:

މަހަކު 7،035.00 ރުފިޔާ.

ސަރވިސް އެލަވަންސް:

މަހަކު 2،000.00 ރުފިޔާ.

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލެވަންސްގެ ގޮތުގައި މުވައްޒަފަށް ލިބޭ މުސާރައިގެ %35
  2. ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުވައްޒަފަށް ލިބޭ މުސާރައިގެ 28% (ޓެކްނިކަލް ކޯ ރޮނގު: އާކައިވްލް ސައިންސް، ލައިބްރަރީ ސައިންސް، ކޮމްޕިޔުޓަރ ސައިންސް) އަދި ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި 900.00 ރުފިޔާ.
  3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްޓްރެޓެޖިކް ޑިޖިޓަލް އާކައިވަލް އިންފްރާސްޓްރަކްޗަރގެ ބޭނުންތައް ދެނެގަތުމާއެކު، އޮފީހުގެޑިޖިޓަލް އާކައިވަލް އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުން.
  2. ބޭނުންވާ އާކައިވަލް ސޮފްޓްވެއަރ ސިސްޓަމްތައް ދެނެގަނެ، ސޮފްޓްވެއަރ ސިސްޓަމްތައް ތަރައްޤީކޮށް ތަންފީޒުކުރުމުގެ ކަންކަން ކުރުން.
  3. ބޭނުންވާ ހާރޑްވެއަރ ދެނެގަތުމާއި، ހާރޑްވެއަރ ހޯދުމާއި އިންސްޓޯލްކުރުމުގެ މަސައްކަތް ކުރުން.
  4. ޑިޖިޓަލް އާކައިވަލް ޓްރެންޑްތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި ނޭޝަނަލް ޑިޖިޓަލް އާކައިވް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުން.
  5. އޮފީހުގެ ވެބްސައިޓާއި އެހެނިހެން ޕޯޓަލް ސިސްޓަމްތަކުގެ ބެކްއެންޑްގެ މަސައްކަތް ކުރުން
  6. ޑިޖިޓަލް އާކައިވަލް އިންފްރާސްޓްރަކްޗާގެ އިތުރުން އޮފީހުގެ އެތެރޭގެ އިންފްރާސްޓްރަކްޗާގެ ސަލާމަތީ ނުރައްކާތައް ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  7. ފިޒިކަލް ރެކޯޑްތައް ޑިޖިޓަލައިޒް ކުރުމުގެ ޑިޖިޓަލް އާކައިވަލް ސިޔާސަތުތަކާއި އިޖުރާއަތްތައް އެކުލަވާލައި ބެލެހެއްޓުން.
  8. ޑިޖިޓަލްކޮށް އުފަންވާ ރެކޯޑްތަކަށް ބޭނުންވާ ޑިޖިޓަލް އާކައިވަލް ސިޔާސަތުތަކާއި އިޖުރާއަތްތައް އެކުލަވާލައި ބެލެހެއްޓުން.
  9. ޕްރައިވެޓް ޑިޖިޓަލް އަރުޝީފުތައް ޑިޖިޓަލައިޒްކޮށް އަނބުރާ ހޯދުމުގެ ޑިޖިޓަލް އާކައިވަލް ސިޔާސަތުތަކާއި އިޖުރާއަތްތައް އެކުލަވާލައި ބެލެހެއްޓުން.
  10. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ޑިޖިޓަލް ރެކޯޑްތައް ބަދަލުކުރުމުގެ ސިޔާސަތުތަކާއި އިޖުރާއަތްތައް އެކުލަވާލައި ތަންފީޒުކުރުން.
  11. ޑިޖިޓަލް އެސެޓްތައް ހިމާޔަތްކުރުމުގެ ބޭނުންތައް ދެނެގަނެ، އެ ބޭނުންތައް ފުއްދައިދޭނެ ސްޓްރެޓެޖީތައް އެކުލަވައި ތަންފީޛު ކުރުން.
  12. ޑިޖިޓަލް ޕުރިޒަވޭޝަންގެ ދާއިރާއަށް އަންނަ ބަދަލުތަކާ ތަރައްޤީ އަދި ވަޞީލަތްތަކާ ބެހޭގޮތުން ދިރާސާކޮށް އިތުރަށް ރަގަޅުކުރުމަށް ފެންނަ ކަންތައްތައް ސީނިއަރ މެނޭޖްމަންޓް ކޮމިޓީއަށް ހުށަހެޅުން
  13. ޑިޖިޓަލް ޕުރިޒަވޭޝަން ޔުނިޓުގެ މުވަށްޒަފުން މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  14. ޑިޖިޓަލް ޕުރިޒަވޭޝަން ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް އިރުޝާދު ދީ މަގުދެއްކުން.
  15. ޔުނިޓްގެ މަސައްކަތަށް ބޭނުންވާ ޕްރޮސީޖަރތައް އައިޑެންޓިފައިކޮށް ތައްޔާރުކުރުން.
  16. އޮފީހުން އިންތިޒާމްކޮށް އަދި މީގެ އިތުރުން ހޯދައިދޭ ޓްރޭނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވެ ތަމްރީން ލިބިގަތުން.
  17. އޮފީހުގެ ޑިޖިޓަލް ލިޔުންތަކުގެ ފައިލް އަދި ނެޓްވާކް ފައިލްސް ބެލެހެއްޓުން.
  18. ޔުނިޓްގެ މުވައްޒަފުންގެ ފަރފޮމަންސް އެޕްރެއިޒަލް ހެދުން.
  19. އޮފީހުގެ އެހެން ޔުނިޓެއްގެ ވެރިޔަކު ޗުއްޓީއަށް ދިއުން ނުވަތަ އެ މަޤާމު ހުސްވުން ފަދަ ކަމެއް ދިމާވުމުން، އެ ޔުނިޓެއް ހިންގުން ހަވާލުކޮށްފި ހިނދެއްގައި އެފަދަ މަސައްކަތްތައް ކުރުން
  20. މީގެ އިތުރުން އޮފީހުގެ ހުރިހައި މުވައްޒަފުން އެކުވެގެން ކުރާ އޮފީހުގެ ރަސްމީ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލް ކޮށްފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އާކައިވްލް ސައިންސް Core
  • ކޮމްޕިއުޓަރ ސައިންސް Core
  • ކަލްޗަރ
  • ހިސްޓްރީ
  • ލައިބްރަރީ ސައިންސް   Core  
  • ލިންގުއިސްޓިކްސް

 

ނޯޓު: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ / ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

 

  • ލައިބްރަރީ ސައިންސް  
  • އާކައިވްލް ސައިންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://csc.gov.mv/Announcement/ViewDownloads/4
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުޠު ހަމަވުން: 30 ޕޮއިންޓް
  • ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ 5 ޕޮއިންޓު
  • ޝަރުތުހަމަވުމަށް ބޭނުންވާ ސަނަދަށްވުރެ މަތީ ސަނަދެއް އޮތްނަމަ ދެވޭ 5 ޕޮއިންޓު
  • ޝަރުތުހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ ޕޮއިންޓު (އަހަރަކަށް 1 ޕޮއިންޓު) (ގިނަވެގެން 5 ޕޮއިންޓު)
  • ޕްރަކްޓިކްލް އިމްތިޙާނަށް ދެވޭ: 15
  • ޕްރެޒެންޓޭޝަންއަށް ދެވޭ: 10
  • އިންޓަރވިއުއަށް ދެވޭ ޕޮއިންޓް: 30

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 އޭޕްރީލް 2025 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު (2 ވަނަ ފަންގިފިލާ، ހ. ކެލީތިއާ، ހަކުރާގޯޅި)، މާލެ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް[email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ އިތުރުވެއްޖެ ނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވިދާނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ، 28 އޭޕްރީލް 2025 އާއި 04 މެއި 2025 އާ ދެމެދު، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު (2 ވަނަ ފަންގިފިލާ، ހ. ކެލީތިއާ، ހަކުރާގޯޅި)، މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010966 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" https://csc.gov.mv/download/2022/51/Recruitment%20Policy%20Consolidated%20-%2028042022z3nivrkh.mrw.pdf އިން ލިބެން ހުންނާނެއެވެ.

20 އެޕްރީލް 2025
ހޯދާ