ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ހެވީ ލޯޑް ޑްރައިވަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެސް.އެސް. 3/ ސަޕޯޓް ސްޓާފް ގްރޭޑް 3
|
ބޭނުންވާ އަދަދު
|
02
|
ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ޔުނިޓް
|
ރީޖަނަލް ސެކްޝަން/ ޕަބްލިކް ވަރކްސް ސަރވިސަސް/ ތ.ވިލުފުށި މަގު މަރާމާތުކޮށް ބަލަހައްޓާ ޔުނިޓް
|
މުސާރައާއި ޢިނާޔަތްތައް
|
- މުސާރަ: -/3,875ރ.
- ސަރވިސް އެލަވަންސް: -/1,000ރ
(އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެ.)
|
ޝަރުޠު
|
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޔުނިޓްގެ މަސައްކަތުގައި ބޭނުންކުރާ ހެވީލޯޑް ވެހިކަލްތައް އޮޕަރޭޓްކޮށް ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ނިންމުން.
- ޔުނިޓްގައި ގެންގުޅޭ ވެހިކަލްތައް ދުއްވުމާއި ކުރަންޖެހޭ މަސައްކަތްކުރުމާއި އަދި ވެހިކަލްތައް ދޮވެ ސާފުކޮށް ބެލެހެއްޓުން.
- ޔުނިޓްގެ ވެހިކަލްތައް ކަނޑައެޅިފައިވާ ޝެޑިއުލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ސަރވިސްކޮށް ބެލެހެއްޓުން.
- ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ޙަވާލުވެ ހުންނަ ވެރިއެއްގެ ލަފާގެ މަތިން ކުރުން.
- ވެހިކަލްތަކަށް މުދާ އަރުވައި ބޭލުމާއި، ޙަވާލްކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން.
- ޔުނިޓްގައި ބޭނުންކުރާ އިކްއިޕްމަންޓާއި މެޝިންތައް ފަރުވާތެރިކަމާއެކު ރަނގަޅަށް ބެލެހެއްޓުން.
- މަސައްކަތްކުރާ ވަގުތުގައާއި މަސައްކަތް ހިނގަމުންދާ ސައިޓްގައި ހޭދަކުރާ ވަގުތުތަކުގައި ތިމާއަށާއި އެހެނިހެން މުވައްޒަފުންގެ ސަލާމަތަށް ބަލައިގެން އަދި މިސަރވިސަސްގެ މުދަލާއި ތަނަށް ގެއްލުމެއް ނުވާނެގޮތުގެ މަތިން ސަމާލުވެގެން މަސައްކަތްކުރުން.
- މީގެ އިތުރުން ކުރަންޖެހުނު ޔުނިޓްގެ ކޮންމެ ކަމެއް ވެރިން އަންގާގޮތެއްގެ މަތިން ކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސަރވިސަސްގެ ނަންބަރު 3323537 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތައުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަރވިއު.
- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
- މާލިއްޔަތު ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޕަބްލިކް ވަރކްސް ސަރވިސަސްއަށް (ޢިއްޒުއްދީންމަގު، މާފަންނު / މާލެ)
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 02 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން.
|
އިންޓަރވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ ސެޕްޓެންބަރު 2015 އިގެ ތާރީޚެއްގައި މި ސަރވިސަސްގެ ތ.ވިލުފުށީ ޔުނިޓް އޮފީހުގައެވެ.
- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލެ އޮފީހުންނެވެ)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
03 ޛުލްޤަޢިދާ 1436
|