ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. މާބައިދޫ ކުޑަޖެހިއާގެއަށް ހަދައިދެވިފައިވާ އިމާރާތާއި ގޯތީގެ ރަޖިސްޓަރީއާބެހޭ

ލ. މާބައިދޫ ކުޑަޖެހިއާގެ، ކިޔާ ބަންޑާރަ ގޯއްޗަށް ހަދައިދެވިފައިވާ އިމާރާތާއި، ގޯތީގެ ރަޖިސްޓަރީ ގެއްލިގެން އަލުން ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއެއް ހައްދައިދިނުމަށް އެދި މިކައުންސިލަށްވަނީ ހުށަހަޅާފައެވެ.

ވީމާ، މިޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ 2 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިކައުންސިލުގެ އިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

28 ޝައްވާލް 1436

13 އޮގަސްޓް 2015
ހޯދާ