ދިވެހިރާއްޖެ
ނަންބަރު:TENDER/URH/2025/15
އިޢުލާން
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓް ކުރުމާއި، ވާކްޕާމިޓް މެނޭޖްމަންޓުގެ ޚިދުމަތް ފޯރުކޯށްދޭނެ އިތުރު 03 އެޖެންސީއެއް ހޯދުން
މިހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓް ކުރުމާއި، އަދި ވާކްޕާމިޓް މެނޭޖްމަންޓުގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު 3 އެޖެންސީއެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، 2 އަހަރު ދުވަހުގެ މުއްދަތަށް މިހޮސްޕިޓަލުގެ އެކިއެކި މަޤާމުތަކަށް ބޭނުންވާ ބިދޭސީ މުވައްޒަފުން، ރެކްރޫޓް ކުރުމުގެ މަސައްކަތްތަކާއި، ވާކްޕާމިޓް މެނޭޖްމަންޓުގެ ޚިދުމަތް ފޯރުކޮށްދޭނޭ އިތުރު 3 (ތިނެއް) އެޖެންސީއެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުވެރިވާ ފަރާތްތަކުން، ތިރީގައި ބަޔާންކުރެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި، މަޢުލޫމާތު ސާފުކުރެއްވުމާއިއެކު، ބީލަން ހުށައެޅުއްވުންއެދެމެވެ.
ނަންނޯޓް ކުރެއްވުން |
ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް) ތާރީޚް: 2025 އެޕްރީލް 17، އިން ފެށިގެން 2025 އެޕްރީލް 28 ވާ ހޯމަދުވަހުގެ 14:00 ށް. ގޫގަލް ފޯމު ލިންކް: https://forms.gle/JCV9Ae6gVHPMxFNTA އިތުރު މަޢުލޫމާތު ހޯއްދެވުމަށް: އީމެއިލް: [email protected] ފޯން ނަންބަރު: 6583007
|
ބީލަމާއިގުޅޭ ސުވާލުތައް ފޮނުވުމުގެ ސުންގަޑި |
ތާރީޚާއި، ގަޑި: 2025 އެޕްރީލް 29 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން. ފޮނުއްވަންވީ އީމެއިލް: [email protected] |
އަންދާސީ ހިސާބު ހުށައެޅުއްވުން |
ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ކޮންފަރެންސް ރޫމް ތާރީޚް: 07 މޭ 2025 – ބުދަ ދުވަސް ގަޑި: 11:00 (މެންދުރު) |
މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓާއި، ބޭނުންވާ އެހެން ޑޮކިއުމަންޓްސް ގެޒެޓުގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި ދަންނަވަމެވެ. ނަންނޯޓް ނުކުރާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
19 ޝައްވާލް 1446