އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ތަކެތި ގަންނަން

ޓްރޮފީ، ޕްލާރކް އަދި އިނާމުގެ ގޮތުގައި ދެވޭ އެހެނިހެން ތަކެތި ގަންނަން ބޭނުންވެއްޖެ

މިމަރުކަޒުގެ 2015 ވަނަ އަހަރުގެ އިނާމު ދިނުމަށް ބޭނުންވާ ޓްރޮފީއާއި ޕްލާކް ގަންނަން ބޭނުންވެގެން މިމަރުކަޒުން ކުރި ނަންބަރު: IUL)GS-10/INDIV/2015/18)ފ(29 ޖުލައި 2015) އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅުއްވާފައިވަނީ 2 ފަރާތުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ. 

ވީމާ، މި މިމަރުކަޒުގެ 2015 ވަނަ އަހަރުގެ އިނާމު ދިނުމަށް ބޭނުންވާ ޓްރޮފީއާއި ޕްލާކް އަދި އިނާމުގެ ގޮތުގައި ދެވޭ އެހެނިހެން ތަކެތި ވިއްކަވަން ބޭނުންފުޅުވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށް މިހިނގާ އޮގަސްޓު މަހުގެ 26، 27 ދެދުވަހު 13:00 އާއި 15:00 އާ ދެމެދު މިމަރުކަޒަށް ވަޑައިގެން ދެއްވުން އެދެމެވެ. ނުވަތަ 26، 27 ދެދުވަހު 13:00 އާއި 15:00 އާ ދެމެދު ތިރީގައިވާ ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ޢަބްދުﷲ ފާއިޒު / ލީޑިންގ ޓީޗަރ 9907325

އަދި ބިޑް ހުށަހަޅުއްވާނީ، 31 އޮގަސްޓު 2015 ހޯމަ ދުވަހުގެ 13:00 އަށް މިމަރުކަޒަށެވެ. ނުވަތަ އެދުވަހުގެ 13:00 ގެ ކުރިން މިމަރުކަޒުގެ މެއިލް އެޑްރެސް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ފޮނުއްވާ / ހުށަހަޅުއްވާ ބިޑްތައް ބަލައިނުގަނެވޭނެކަންވެސް ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

18 އޮގަސްޓް 2015
ހޯދާ