ދިވެހިރާއްޖެ
ނަންބަރު: (IUL)354/354/2025/9
އިޢުލާނު
އދ.ދިއްދޫ ހިއްކިބިމުގައި ފެންގަނޑު ހެދުމަށް ނަގާފައިވާ ވެލި ވިއްކުމާއި ގުޅޭ. އދ.ދިއްދޫ ހިއްކިބިމުގައި ފެންގަނޑު ހެދުމަށް ނަގާފައިވާ ވެލި ވިއްކުމަށް ޢާންމުންގެ ތެރެއިން ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާތީ، މިކައުންސިލްގެ 4 ވަނަ ދައުރުގެ 148 ވަނަ ޢާއްމުޖަލްސާއިން މިހާރުހުރި ވެލީގެ 2 ބައިކުޅަ އެއްބައި ގޯންޏެއް 4 ރުފިޔާގެމަގުން ޢާއްމު ފަރާތްތަކަށް ވިއްކުމަށް ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ. އެހެންކަމުން 20 އޭޕްރިލް 2025 ވާ އާދީއްތަ ދުވަހުން ފެށިގެން މިކައުންސިލުން ޢާއްމުންނަށް ވެލިވިއްކުމަށް ވަނީ ހަމަޖެހިފައެވެ. ވެލިގަންނަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ ނާއިބުރައީސް އަޙުމަދު އާދަމް ފޯނުނަންބަރު 7833805 އަށް ގުޅުއްވައިގެން ކުރިއަށްގެންދެވުން އެދެމެވެ. ވީމާ މިކަން ޢާއްމުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 16 އޭޕްރިލް 2025 17 ޝައްވާލް 1446
|