ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު ސްޓޭޓް ހައުސް ޢިމާރާތް ތަޅައި ބިން ސާފުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

ފާދިއްޕޮޅު ސްޓޭޓް ހައުސް (ކުރީގެ އަތޮޅުގެ) ބައުވެ، ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައިވާތީ، މިއިމާރާތް ތަޅައި ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ، މި މަސައްކަތްތައް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި، ބީލަމާއި ގުޅުންހުރި މުޙިއްމު މަޢުލޫމާތު އަދި ސްޕެސިފިކޭޝަން މިއިޢުލާނާއި އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހަޅުއްވަން ވާނީ މަޢުލޫމާތު ޝީޓުގައިވާ ގޮތަށެވެ.

  • މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 28 އޭޕްރީލް 2025 ގެ 11:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  • ބިޑް ރަޖިސްޓްރީ ފޯމް ގެ ލިންކު: https://forms.office.com/r/YkH5PW9Dfr
  • ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ސައިޓް ދައްކައި ސާވޭ ކުރުމުގެ ފުރުސަތު ދިނުމަށްޓަކައި ބޭއްވޭ ޕްރީބިޑް ބައްދަލުވުން 24 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. މިބައްދަލުވުމަށް ޙާޟިރުނުވިނަމަވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 28 އޭޕްރީލް 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމުގެ އިޢުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި ގުޅޭނެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު: 
އެެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސް ޔުނިޓް
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ 
ޅ. ނައިފަރު، ދިވެހިރާއްޖެ
ފޯން: 6620102 / 7709124 / 9185819 
އީމެއިލް: [email protected]
 
16 އެޕްރީލް 2025
ހޯދާ