ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުގައި ހުރި ބައެއް މަރާމާތުތައް ކުރުމާއި ގުޅޭ:
މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ސްކޫލުގެ 8 ކްލާސް ރޫމުގެ ދެބުރި އިމާރާތުގެ ހުޅަނގު ފާރުން އެތެރެއަށް ފެންފޭބުން ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ރަޖިސްޓްރީގައި ނަންނޯޓްކޮށް، މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް މި ސްކޫލު އޮފީހަށް ދުރުވުން އެދެމެވެ.
ބިޑް ރަޖިސްޓްރީގައި ނަން ނޯޓްކުރުން |
މަޢުލޫމާތު ދިނުން |
އަންދާސީ ހިސާބު ހުށަހެޅުން |
ތާރީޚް: 16 އޭޕްރީލް 2025 ން 21 އޭޕްރީލް 2025 އަށް |
ތާރީޚް: 23 އޭޕްރީލް 2025 ގަޑި: 10:00 |
ތާރީޚް: 27 އޭޕްރީލް 2025 ގަޑި: 10:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަނުގެ ސެޓުފިކެޓުގެ ކޮޕީއެއް ގެންނަވަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މީގެ އިތުރުން، ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަނުގެ ސެޓުފިކެޓާއި، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ބިޑް ރަޖިސްޓްރީގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރި ނުވެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އެސްޓިމޭޓް ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންނަމަ 7555737/9812866 ނަންބަރާއި ގުޅުއްވުމުން އެމަޢުލޫމާތު ދެވޭނެއެވެ.
މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، ވިޔަފާރި ޤާނޫނު 18/2014 ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
18 ޝައްވާލް 1446ހ
16 އޭޕްރީލް 2025މ