ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
ޕްލޭނިންގ އޮފިސަރ |
|||
ބޭނުންވާ އަދަދު: |
1 (އެކެއް) |
|||
މަޤާމުގެ ރޭންކް: |
އެމް. އެސް. 1 |
|||
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް ސަރވިސް އޮފިސަރ 1 |
|||
އޮފީސް / އިދާރާ: |
ފުވައްމުލަކު ދަޑިމަގު ކައުންސިލް އިދާރާ |
|||
ސެކްޝަން: |
އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް |
|||
މުސާރަ: |
-/5610 ރުފިޔާ |
|||
ސަރވިސް އެލަވަންސް: |
-/2000 ރުފިޔާ |
|||
އެހެނިހެން އެލަވަންސް: |
އިތުރުގަޑީގައި މަސައްކަތްކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|||
ތަޢުލީމާއި ތަޖުރިބާ: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
|||
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކައުންސިލުން ހިންގާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް މޮނިޓަރކުރުމަށް ޕްލޭންކޮށް، އެ ޕްލޭނާ އެއްގޮތަށް މޮނިޓަރކޮށް، ހޯދަންޖެހޭ މަޢުލޫމާތު ހޯދައި ބެލެހެއްޓުން. - ސެކްޝަނުގައި ލިޔަން ހުންނަ މެސެޖު، ސިޓީ ފަދަ ތަކެތި ދުވަހުން ދުވަހަށް ލިޔެ ނިންމުން. - ތަރައްޤީގެ މަޝްރޫޢުތަކާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓުތައް ފޮނުވުން. - ބިމާބެހޭ ޤާނޫނާއި، ރަށުގެ ލޭންޑްޔޫސް ޕްލޭނާ ތަޢާރަޒުނުވާގޮތުގެމަތިން ރަށުން ބިންދޫކުރުމުގެ ކަންތައްތައް ކުރުން. - ލޭންޑްޔޫސް ޕްލޭން ހެދުމަށް އެހީތެރިވެދިނުމާއި، އެކަމުގައި ޢަމަލީގޮތުން ބައިވެރިވެގެން އެ މަސައްކަތް ކުރުން. - ކައުންސިލްގެ ދަށުގައި އޮންނަ ބިންތަކުން ދިރިއުޅުން ނޫން ބޭނުންތަކަށް ސަރުކާރުގެ އެކިފަރާތްތަކަށާއި އަމިއްލަ ފަރާތްތަކަށް ދޫކުރާ ބިމުގެ ރަޖިސްޓްރީތައް ހެދުމުގައި ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން. - ކައުންސިލްގެ ބޭނުމުގައި ހޯދޭ އުފުލޭ މުދަލާއި ނުއުފުލޭ މުދައު އެހެން ފަރާތްތަކަށް ކުއްޔަށް ދޫކޮށް ބަލަހައްޓާގޮތް މޮނިޓަރކުރުން. - އެކި އެކި / ފަރާތްފަރާތުން ރަށުގެ ބިމާ ގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތްތަކުގެ ރެކޯޑްތައް، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިނޫންވެސް ޤާނޫނުތަކުގައިވާގޮތުގެމަތިން ކުރުން. - އަވަށުގެ ބިމުގެ ދަފުތަރު އެކުލަވާލައި، އެ ދަފުތަރު ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފުތަރު އެކުލަވާ ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން. - ކައުންސިލުން ޢަމަލުކުރަމުންގެންދާ ތަރައްޤީގެ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 4 (ހަތަރެއް) މަސްދުވަހުގެ ކުރިން ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް ކުރިޔަށްއޮތް 5 (ފަހެއް) އަހަރުދުވަހަށް ތައްޔާރުކުރާ ރަށު ތަރައްޤީގެ ޕްލޭން އެކުލަވައިލުމަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި، ލިބިފައިވާ ފަންނީ އެހީތެރިކަން ކައުންސިލަށް ފޯރުކޮށްދީ، ޕްލޭން ތައްޔާރުކޮށް ނިމުމުން، ލޯކަލް ގަވަރންމަންޓް އޮތޯރިޓީއަށް ފޮނުވުން. - ކައުންސިލްގެ ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިއަށްއޮންނަ އަހަރު ހިންގުމަށް ކަނޑައަޅާ ކަންތަށްތަކުގެ މަސައްކަތު ތާވަލް ކައުންސިލްގެ ލަފާގެމަތިން އެކުލަވާލައި، ހިގަމުންދާ އަހަރުގެ ޖުލައި 15 އަށް މި އިދާރާގެ ކޯޕަރޭޓް އެފެއާޒް ޔުނިޓާ ހަވާލުކުރުން. - ބިމުގެ ބަޖެޓް، ކޮންމެ އަހަރެއްގެ ޖަނަވަރީމަހުގެ 15 ގެ ކުރިން ތައްޔާރުކުރުން. - ޢާންމުންގެއަތުން ފީނަގައިގެން އެއްގަމާއިކަނޑުގައި ދުއްވާ އުޅަދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަޑުތަކާ އެއްގޮތްވާގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުން. - އަވަށު ތަރައްޤީގެ މަޝްރޫޢުތަކާ ގުޅިގެން ކައުންސިލުން ނިންމާ ނިންމުންތަކާ ގުޅިގެން ސަރުކާރުގެ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ޚިޔާލާއި މަޝްވަރާ ދިނުމުގައި އެހީތެރިވުން. - އަވަށު ފެންވަރުގައި ހިންގޭ ތަމްރީން ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިކަން ފޯރުވައިދިނުން. - އަވަށުގައި ދިރިއުޅޭ ބިދޭސީންގެ ރެކޯޑް ބެލެހެއްޓުމާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން. - ކައުންސިލަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި، އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން. - އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. - ކައުންސިލުން މާލީ އިދާރާތަކުން ދަރަންޏަށް ނަގާ ފައިސާގެ ހިސާބުތަކާއި، އުފައްދާ އެކިއެކި ފަންޑުތަކުގެ ހިސާބުތައް މޮނިޓަރކޮށް ބެލެހެއްޓުން. |
|||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި މަޤާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން، ތިރީގައިވާ ލިޔުންތަކާއެކު، 2015 އޮގަސްޓު 23 ވާ އާދީއްތަ ދުވަހު އޮފީސް ބަންދުވުމުގެކުރިން ދަޑިމަގު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|||
ހުށަހަޅަންޖެހޭ ލިއުންތައް: |
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ.) - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. |
|||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- ތަޢުލީމާއި ތަމްރީނު. - މަސައްކަތުގެ ތަޖުރިބާ. - މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް. |
|||
އިންޓަވިއު ކުރުން: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
|||
ނޯޓް: |
ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ. |
|||
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6865085 ނަންބަރު ފޯނާއެވެ. |
28 ޝައްޥާލް 1436