ވަޒީފާގެ ފުރުސަތު
|
ޕޫލް އެންޕްލޯއިމަންޓްގެ ދަށުން މަސައްކަތްކުރާނެ 02 އިމާމުން ހޯދުން
|
މަޤާމް
|
އިމާމް (ޕޫލް އެންޕްލޯއިމަންޓް)
|
މަސައްކަތް ކުރަންޖެހޭ ތަން
|
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
|
ސެކްޝަން
|
އިކޮނޮމިކް އެންޑް ސޯޝަލް ޑިވަލޮޕްމަންޓް ޔުނިޓް
|
އެލަވަންސް
|
- އިމާމުކަމުގެ ސަނަދުއޮތްނަމަ ހާޞިރުވާ ކޮންވެ ނަމާދު ވަޤުތަކަށް -/61ރ
- އިމާމުކަމުގެ ސަނަދުނެތްނަމަ ހާޞިރުވާ ކޮންވެ ނަމާދު ވަޤުތަކަށް -/53ރ
|
ބޭނުންވާ ޢަދަދު
|
02
|
އަސާސީ ޝަރުތު
|
އިމާމުކަމުގެ ސަނަދު ނުވަތަ މުދިންކަމުގެ ސަނަދު ނުވަތަ އެސް.އެސް.ސީ އިމްތިހާނުން އިސްލާމުން ދައްވެގެން " ސީ " ގުރޭޑެއްލިބިފައިވުން ނުވަތަ އެއާއި އެއްފެންވަރެއްގެ ސަނަދަކުން އިސްލާމުން ފާސްވެފައިވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު
|
- ކައުންސިލްގެ އިދާރާއިން ޙަވާލުކުރާ މިސްކިތެއްގައި ފަރުޟު 5 ނަމާދު، ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތަށް ގޮސް ނަމާދު ވަގުތުގައި ބަންގި ގޮވައި، ސުންނަތްކޮށް ނިމުމުން، ގަމަތްދީ އިމާމުވެ ނަމާދު ކުރުން.
- ކޮންމެ ދުވަހަކު ކޮންމެ ނަމާދު ވަގުތެއް ގައި ހާޒިރުވި ގަޑިއާއި ނިމުނު ގަޑިޖަހައި ސޮއިކުރުން.
- މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި ދަތިތައް ދެނެގަނެ އެކަންތައް ކައުންސިލްގެ އިދާރާގެ ސަމާލުކަމަށް ގެނައުން.
- މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި މިނިސްޓްރީން ހުއްދަނެތި އެއްވެސް ލިޔުމެއް ހަރުކުރެވިފައި ހުރިތޯބެލުމާއެކު އެފަދަ ލިއުމެއް ހުރިނަމަ މިސްކިތްތަކާބެހޭ ސެކްޝަނަށް އެކަން އަންގާ އެލިއުމެއް ނައްތާލުން އަދި މިސްކިތުތެރޭގައި މިނިސްޓްރީގެ ހުއްދަ ނެތި އެއްވެސް ފޮތެއް ނުވަތަ ލިޔުމެއް ހުރިނަމަ މިސްކިތްތަކާ ބެހޭ ސެކްޝަނަށް އެކަން އަންގާ އެ ލިޔުމެއް ނައްތާލުން.
- މިސްކިތުގެ ސައުންޑް ސިސްޓަމް ފަރުވާތެރިކަމާއިއެކު ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކައުންސިލްގެ އިދާރާއަށް އަންގައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން
- ކައުންސިލްގެ އިދާރާއިން އަންގަވައިފި ހިނދެއްގައި އިމާމުވެ ތަރާވީޙް ނަމާދު، ކޭތަނަމާދު، ހުކުރު ނަމާދު އަދި ޢީދުނަމާދު އެ ނަމާދެއްކުރަން ހަމަޖެހިފައިވާ ގޮތުގެ މަތިން ކުރުން.
- މިސްކިތު މަސައްކަތު މީހުން (ކައުންސިލް އެސިސްޓެންޓް)ގެ މަސްޢޫލިއްޔަތު ޤަވާޢިދުން އަދާކުރޭތޯ ބަލައި، އެގޮތައް އެކަން ކުރަމުން ނުދާނަމަ ކަމާބެހޭ ސެކްޝަނަށް ރިޕޯޓްކުރުން.
- މިސްކިތު މަސައްކަތު މީހުން ހާޒިރުނުވާ ވަގުތެއްގައިނަމަ މިސްކިތު އިމާމު ނުވަތަ މުދިމު މިސްކިތުގެ އެތެރެ ސާފުކުރުމާއި ނަމާދުކޮށް ނިމުމުން މިސްކިތުގެ ބޮކިތަކާއި ހޮޅިބުރިތަކާއި ފަންކާތައް ނިއްވުމާއި މިސްކިތުގެ ދޮރުތައް ލެއްޕުން.
- މިސްކިތުގައި ދީނީ ދަރުސުތައް ދިނުންފަދަ ޕުރޮގުރާމުތައް ހިންގުމަށް ހަމަޖެހިފައިވާނަމަ ހަމަޖެހިފައިވާ އުޞޫލުގެ މަތިން ދަރުސްދިނުމާއި، އެފަދަ ޕްރޮގުރާމު ތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އިންތިޒާމްތައް ހަމަޖައްސައިދިނުން.
- މަރުވާ މީހުން ހިނެވުމާއި، ކަށުނަމާދުކުރުމާއި، ވަޅުލުމުގެ ކަންކަމުގައި ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެމަތިން އަމަލުކުރުމާއި އެކަންކަމުގައި ފުރިހަމައަށް އެއްބާރުލުމާއި އެހީތެރިކަން ދިނުން
- މިސްކިތްތަކާއި ބެހޭގޮތުން ރައްޔިތުންކުރާ ޝަކުވާގެ އަޑުއަހާ އެޝަކުވާތައް ކަމާބެހޭ ސެކްޝަނަށް ހުށަހަޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން.
-
|
ހުށަހަޅަންޖެހޭ ލިޔުންތަށް
|
ހ. ފުރިހަމަ ކޮއްފައިވާ ވަޒީފާ އަށް އެދޭ ފޯމް
ށ. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
ނ. ވަޒީފާއަށް އެދޭފަރާތުގެ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
|