ދުވާފަރު ޞިއްޙީ މަރުކަޒު، ރ. ދުވާފަރު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-371179

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރ. ދުވާފަރު ޞިއްހީ މަރުކަޒު

މުސާރަ:

-/4465 ރުފިޔާ ( މަހަކު )

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ ( މަހަކު )

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގް ކޯ އެލަވަންސް ( މަހަކު -/700 ރުފިޔާ )
  2. ސްޕެސިއަލް ޑިއުޓީ އެލަވަންސް ( އަސާސީ މުސާރައިގެ %35 )
  3. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް
  4. ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ
  5. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަސްމީގަޑީގައި އޮފީސް ހުޅުވަންޖެހޭ ގަޑިއަށް އޮފީސް ހުޅުވުމާއި ލެއްޕުން
  2. މުވައްޒަފުންގެ ޙާޟިރީ ރިޕޯރޓް ތައްޔާރު ކުރުކޮށް ފައިލް ކުރުން އަދި ޙާޟިރީ ކަންތައްތައް ބެލެހެއްޓުން
  3. ޞިއްޙީމަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ބެލެހެއްޓުން
  4. މުވައްޒަފުންނަށް އަންގަންޖެހޭ ލިއުންތައް އިސްވެރިޔާގެލަފާގެމަތިން އެންގުމާއި ، ވަޒީފާ އަދާކުރުމުގައި ފަރުވާ ކުޑަކުރާ މުވައްޒަފުންނަށް އަޅަންޖެހޭ ފިޔަވަޅުތައް އިސްވެރިޔާގެ ލަފާގެމަތިން އަންގަންވާ ފަރާތްތަކަށް އެންގުން
  5. ޞިއްޙީމަރުކަޒަށް އިތުރުކޮށް ދެއްވާ މަޤާމްތަކަށް މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް މުވައްޒަފުންގެ ޤަވާޢިދާ އެއްގޮތަށް ކުރުމާއި މިކަމާގުޅިގެން އެމަޤާމް ތަކަށް ސިޓީލާ ފަރާތްތަކުން ހުށައަޅާ ލިޔެކިއުންތައް ކަމާބެހޭ ފަރާތަށް ފޮނުވުން
  6. ޞިއްޙީމަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ކޮންޓްރެކްޓް އާކުރުމުގެ ކަންތައް ހޮސްޕިޓަލަށް ހުށަހެޅިމާއި ކޮންޓްރެކްޓް ހޯދުން
  7. ޞިއްޙީމަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުން
  8. ޞިއްޙީމަރުކަޒު ގައި މަރާމާތުކުރަންޖެހޭތަކެތި މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތްބަލައި އެކަންކުރެވޭނެ އިންތިޒާމުއިސްވެރިޔާގެ ލަފާގެ މަތިން ކުރިއަށް ގެންދިއުން
  9. ޞިއްޙީމަރުކަޒަށް ޒިޔާރަތްކުރާ ޓީމުތަކުގެ މެހެމާންދާރީގެ ކަންތައްތައް ރާވާ އިންތިޒާމުކޮށް އެކަންތައް ކުރިއަށް ގެންދިއުން
  10. ޞިއްޙީމަރުކަޒުން އެކިއެކި ފަރާތްތަކަށް ފޮނުވޭ ލިޔެކިއުންތަކާއި، ޞިއްޙީމަރުކަޒަށް އެކިއެކި ފަރާތްތަކުންލިބޭ ލިޔެކިއުންތައް ހަރުދަނާ ގޮތެއްގެމަތިން ފައިލް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ފައިލް ކުރުން
  11. ޞިއްޙީމަރުކަޒުން ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުމުގެ މަސައްކަތް ކުރުން
  12. ޞިއްޙީމަރުކަޒުގެ މަސައްކަތްތައް ( އިޢުލާނުކޮށްގެން ކުރަންޖެހޭ މަސައްކަތްތައް ) އިޢުލާނުކޮށް އެކަންތައްތައް އެންމެ އިންސާފުވެރި ގޮތުގައި ޤަވާޢިދާ އެއްގޮތަށް ކުރުން
  13. ދާއިމީ މުވައްޒަފުންގެ ރަޖިސްޓްރީއާ ، ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ޤަވަޢިދުން އަޕްޑޭޓްކޮށް ބެލަހައްޓަމުން ގެންދިއުން
  14. އާންމުންނަށް ކޮންމެހެން އެގެންޖެހޭ މަޢުލޫމަތުތަކާއި ، ޤަވާއިދުތައް އާންމުންނަށް ފެންނާނެހެން ހޮސްޕިޓަލުގެ ނޯޓިސްބޯރޑްގައި ބެހެއްޓުން
  15. ވިއުގައަށް އަޅަންޖެހޭ އެންމެހަ ލިޔުންތައް އެޅުން
  16. ޕާފޯމަންސް އެޕްރައިސަލްގެ މަސައްކަތްތައް ކުރުން
  17. ތަފާތު ބޭނުންތަކަށް ހޯދުމަށް ހުށަހަޅާ ލިޔުންތައް ތައްޔާރުކޮށް ބޭނުންފާ ފަރާތްތަކަށް ރައްދުކުރުން
  18. މުވައްޒަފުންގެ ޕޭލީވް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  19. މުވައްޒަފުންގެ ނޯޕޭލީވް ހަމަޖެއްސުމަށް ހުއްދަ ހޯދުމާއި ކަމާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން
  20. އޮފީހަށް އަންނަ އެންމެހާ ލިޔުންތައް އެންޓްރީ ކުރުމާއި އެކިފަރާތްތަކަށް ޙަވާލުކުރަން ޖެހޭ ލިޔުންތައް ޙަވާލު ކުރުން
  21. ސިއްޙީމަރުކަޒަށް ލިބޭ ބިލްތައް އެންޓްރީކުރުމާއި ބިލްތައް ދައްކަމުން ގެންދިއުން
  22. މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ލިޔެނިންމަންޖެހޭ ލިޔުންތައް ނިންމުމާއި، މުސާރަ ދިނުމާއި،މުވައްޒަފުނަނަށް ދޭންޖެހޭ އެހެނިހެން އެލަވަންސްތައް ދެމުން ގެންދިއުން
  23. މުވައްޒަފުންގެ ކްރެޑިޓް ސްކީމް ތަކުގެ ކަންތައްތައް ބެލެހެއްޓުން
  24. އާމްދަނީގެ ގޮތުގައި ލިބޭފައިސާ ބަލައިގަތުމާއި، ޖަމާކުރުން އަދި ލިޔެކިޔުންތައް ބެލެހެއްޓުން
  25. ތިޖޫރީގެ ހިސާބު ބެލެހެއްޓުން
  26. ބަޖެޓާއި ގުޅުންހުރި ހުރިހާ މަސައްކަތަކާއި، ލިޔެކިޔުން ބެލެހެއްޓުން
  27. ޞިއްޙީމަރުކަޒުގެ ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓުން
  28. ޞިއްޙީމަރުކަޒަށް ބޭނުންވާ އެމެހާ ތަކެތި ގަތުމާއި، މަރުކަޒުގެ ސްޓޮކް ބެލެހެއްޓުން
  29. ޞިއްޙީމަރުކަޒުގެ އިމާރާތާއި، ފަރުނީޗަރާއި އެހެނިހެން ތަކެތި ސާފުތާހިރުކުރުވުމާއި، ބެލެހެއްޓުން
  30. މުވައްޒަފުންގެ ވަޒީފާ ބަޔާން، ވަޒީފާއެއްބަސްވުންތައް ހަދާ ޙަވާލުކުރުން
  31. ނެޝަނަލް މެޑިކަލް އިމަރޖެންސީ ޙާލަތްތަކުގައި ބަލިމީހުންނަށް ފުރަތަމަ އެހީ ދިނުމާއި އިތުރު ފަރުވާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސުކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސުކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމައްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

   ނުވަތަ

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސުކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސުކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމައްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް

ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާން ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

 

 

 

 

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ފެބްރުއަރީ 2025 ގެ 12:00 ގެ ކުރިން، ރ. ދުވާފަރު ޞިއްޙީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 20 ފެބްރުއަރީ 2025 އާއި 02 މާރޗް 2025 އާ ދެމެދު، ރ. ދުވާފަރު ޞިއްހީ މަރުކަޒު ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6584525، 6584522 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

04 ފެބުރުވަރީ 2025
ހޯދާ