މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އިންނަމާދޫ ކައުންސިލްގެ އައު އޮފީސް އިމާރާތް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

ރ.އިންނަމާދޫ ކައުންސިލްގެ އައު އޮފީސް އިމާރާތް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

     މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އިންނަމާދޫ ކައުންސިލްގެ އައު އޮފީސް އިމާރާތް އެޅުމަށް ސަބްކޮންޓްރެކްޓަރ އެއްގެ ގޮތުގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. 

        ބިޑްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފީ 500ރ (ފަސްސަތޭކަ ރުފިޔާ) ދެއްކެވުމަށްފަހު އޭގެ ޓްރާންސްފާ ސްލިޕާއި، މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 2025 އޭޕްރީލް 22 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން    [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑު ރެޖިސްޓްރޭޝަން ފޯމް އަދި ބިޑް ރެޖިސްޓްރޭޝަން ފީގެ ޓްރާންސްފާ ސިލިޕް ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. މިދެންނެވުނު ގޮތަށް ބިޑް ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭ އެންމެހާ މަޢުލޫމާތާއި، ބިޑިންގ ޑޮކިއުމަންޓްތައް އީމެއިލް ކުރެވޭނެއެވެ.

      ބިޑް ރެޖިސްޓްރޭޝަން ފީ ދައްކަންވީ އެކައުންޓް ނަންބަރ: 7717700406001  / 1348. REVENUE1

     އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވެލައްވާނަމަ 2025 އޭޕްރީލް 29 ވާ އަންގާރަ ދުވަހުގެ ކުރިން ސާފުކުރައްވަން ބޭނުންވެލައްވާ މަޢުލޫމަތު އީމެއިލް ކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅުން އޮންނާނީ 2025 މެއި 7 ވާ ބުދަ ދުވަހުގެމެންދުރުފަހު 13:00 ގައި އިންނަމާދޫ ކައުންސިލްގެ އިދާރާގައެވެ

ބިޑްގައި ރެޖިސްޓްރީ ވެވޭނެ ފަރާތްތަކަކީ:

            މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރެޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މި ބިޑަށް ކުރިމަތިލާ ފަރާތްތަކުން 10،000ރ (ދިހަހާސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ކާމިޔާބުކުރާ ފަރާތުން މާލިޔަތު ގަވަޢިދާ އެއްގޮތަށް ބިޑް ހުށަހަޅާ އަގުގެ %2.5 ގެ ޕާރފޯމެންސް ގެރެންޓަރ އެއް ހުށަހަޅަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:

  • ކައުންސިލްގެ ނަންބަރު: 6580052 (ނުވަތަ)
  • ކައުންސިލް އެގްޒެކެޓިވް – އިމްރާން ޝަރީފް
  • ފޯން: 9122102
  • އީމެއިލް: [email protected]

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 އެޕްރީލް 2025
ހޯދާ