ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އިދާރީ ކަންކަން ހިންގައި އިޞްލާޙުކުރުމުގެ އެންމެ އިސްފަރާތް ކަމުގައިވާ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު |
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ |
||
އަދަދު |
1 (އެކެއް) |
||
މަސައްކަތް ކުރަންޖެހޭ ތަން |
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން |
||
އަސާސީ މުސާރަ |
-/20,000 ރުފިޔާ |
||
އެލަވަންސް |
ލިވިންގ އެލަވަންސް: -/15,000 ރުފިޔާ |
||
އަސާސީ ޝަރުޠު
|
1- ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ޕެނަލްއިން ބަލާނެ ކަންތައްތައް ތިރީގައި މިވަނީއެވެ. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ޔުނިވަރސިޓީއަކުން އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން. (ށ) ދައުލަތުގެ އިދާރާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ ޖަމާޢަތެއްގައި ސީނިއަރ މެނޭޖްމަންޓުގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. (ނ) ކުރިން ވަޒީފާ އަދާކޮށްފައިވާ ދާއިރާތަކުގައި އަމިއްލައަށް އިސް ނަގައިގެން މަސައްކަތްކޮށް، ނަތީޖާ ހާސިލުކޮށްދީފައިވުމާއި، ތަފާތު ގިންތިތަކުގެ މުވައްޒަފުން ގޮވައިގެން މަސައްކަތްކޮށް ލީޑަރޝިޕް ދައްކާފައިވާ މީހެއްކަމުގައިވުން. (ރ) ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދުތައް އެނގޭ މީހެއްކަމުގައިވުން. (ބ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/01/SC ސަރކިއުލަރގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި، ވާޖިބުތައް އަދާކުރުމުގެ ގާބިލުކަން ލިބިފައިވާ މީހެއްކަމުގައިވުން. (ޅ) ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދާއިރާގެ މަސައްކަތާގުޅޭގޮތުން ލަފާދިނުމުގެ ގާބިލުކަމާއި ޤައުމީ އަދި ބައިނަލްއަޤްވާމީ ފޯރަމުގައި ދާއިރާ ތަމްސީލުކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހެއްކަމުގައިވުން. (ކ) ދިވެހިބަހުގެ އިތުރުން ޢަރަބިބަސް އަދި އިނގިރޭސިބަސް ފަދަ ބޭރުގެ ބަހަކުން ފަރިތަކަމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން. 2- ޝަރުޢީދާއިރާގެ ވަޒީފާއަކަށް އައްޔަންކުރާ ފަރާތްތަކުގައި ހުރުން ލާޒިމުވާ ތިރީގައި މިވާ ޝަރުޠުތައް ފުރިހަމަވެފައިވުން. (ހ) ދިވެހިރައްޔިތެއްކަމުގައިވުން. (ށ) ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚުތިޔާރު ލިބިދޭ އުމުރަށްވުރެ ދޮށީ އުމުރުގެ މީހެއްކަމުގައި ނުވުން. (ނ) އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް ހެދުން އަދި ޚިޔާނާތް ފަދަ ބޮޑު ކުށެއް ކުރިކަން، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛ (ރ) ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާއެއްގައި އެ މީހާގެ މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑުއެއްބަފާ މީހެއް، އެއްބަނޑު މީހެއް، ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން؛ |
||
މުއްދަތު |
|
||
މަޤާމުގެ މައިގަނޑު މަސައްކަތްތައް |
1- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/01/SC ސަރކިއުލަރގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި، ވާޖިބުތައް އަދާކުރުން. |
||
ހުށަހަޅަންޖެހޭ ތަކެތި
|
1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމު 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް 7، ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) |
||
ސުންގަޑި |
23 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. |
||
އިތުރު މަޢުލޫމާތު |
|
||
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް |
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް އެކަށީގެންވާ ފަރާތެއް ހޮވުމުގައި އެ ފަރާތެއްގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، އިސްނެގުމަށާއި، ލީޑަރޝިޕަށާއި، ހިންގުމުގެ ތަޖުރިބާއާއި ނަތީޖާ ހާސިލުކޮށްފައިވާ މިންވަރަށް ރިޢާޔަތް ކުރެވޭނެއެވެ. |