ކޮޅުމަޑުލު މަޑިފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓު ޢިމާރާތުގެ ދިޔަދޮވިތައް ބަދަލުކުރުމާއި ބޭރު ލައިޓުތައް ބަދަލުކުރުމާއި ގުޅޭ. (ދެވަނަ އިޢުލާން)

މި ކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ކޯޓު ޢިމާރާތުގެ ދިޔަދޮވިތައް ބަދަލުކުރުމާއި ބޭރު ލައިޓުތައް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އަލުން އެކަމަށް އިޢުލާނުކުރަމެވެ.  

މި މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މި ކޯޓަށް ވަޑައިގެން ނުވަތަ 7688944 ނަންބަރަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް (ވިޔަފާރިތަކުގެ) ވެރިފަރާތްތަކުން، ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި ވަޑައިގަންނަވާ ފަރާތުން ގެންނަވަންވާނެއެވެ.

މި މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 2025 އެޕްރިލް 17 ވަނަ ދުވަހުގެ 11:00 ކަމުގައި ދަންނަވަމެވެ.

15 އެޕްރީލް 2025
ހޯދާ