މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޓީޝާޓް އަދި ވިއްސާރަ ކޯޓް ސަޕްލައިކުރުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ޓީޝާޓް އަދި ވިއްސާރަކޯޓް ސަޕްލައިކުރުން

މި ކޯޕަރޭޝަނަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެގެން ކުރި ނަންބަރު MRDC/IFB/2015/20ފ(14 ޖުލައި 2015) އިޢުލާނުގައި ބައެއް މަޢުލޫމާތު ފުރިހަމަނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

  • 5000 ޓީޝާޓް (މަސައްކަތު މީހުންގެ)
  • 2000 ޓީޝާޓް (ސްޕަވައިޒަރުންގެ)
  • 2000 ވިއްސާރަ ކޯޓް

ވީމާ، މިތަކެތި ސަޕްލައިކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 27 އޮގަސްޓު 2015 ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް މިކޯޕަރޭޝަންގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 ސެޕްޓެންބަރު 2015 ވާ (އާދީއްތަ) ދުވަހުގެ 11:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަހަޅަންވާނީވެސް މިއެޑްރެހަށެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު

ޕޯސްޓަލްކޯޑް: 20386

މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު: 9603320657+ ، 9609911606+

ފެކްސް ނަންބަރު: 9603317133+

05 ޛުލްޤަޢިދާ 1436 

20 އޮގަސްޓް 2015
ހޯދާ