ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނީ މަސައްކަތް ކޮށްދިނުމާއި، ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމަށް

ޤާނޫނީ މަސައްކަތް ކޮށްދިނުމާއި، ޤާނޫނީ ލަފާދޭނެ ފަރާތެއް ބޭނުންވެއްޖެ

މިކައުންސިލަށް ބޭނުންވާ ޤާނޫނީ މަސައްކަތް ކޮށްދިނުމަށާއި (ކޯޓްތަކުގައި މިކައުންސިލްގެ ފަރާތުން ވަކާލާތު ކުރުން) ޤާނޫނީ ކަންކަމުގައި ލަފާ ފޯރުކޮށްދިނުމަށްޓަކައި ކޮންޓްރެކްޓް އުސޫލުން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތްކޮށްދޭނެ ލޯފާމެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ނުވަތަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް (އެޓޯލް ޕޯސްޓް ބިލްޑިންގ، 01 ވަނަ ފަންގިފިލާއަށް) ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ނުވަތަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް (އެޓޯލް ޕޯސްޓް ބިލްޑިންގ، 01 ވަނަ ފަންގިފިލާއަށް) އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިއިދާރާގެ ނަންބަރު 6521100 ފޯނަށް ގުޅުއްވުން އެދެމެވެ.

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

80%

  • ޚިދުމަތުގެ އަގަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ. 

(Benchmark price/submitted price) x Allocated percentage

ތަޖުރިބާ

10%

  • ލޯފާމު ޤާނޫނީ ދާއިރާގައި ޚިދުމަތް ދިން މުއްދަތު (އަހަރު)
  • މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ޤާނޫނީ ދާއިރާގައި އެންމެގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % (ޕަސެންޓެއް)
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ޤާނޫނީ ދާއިރާގައި އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ލޯފާމަށެވެ.  

( Submitted years of experience / Benchmark years ) x Allocated percentage

ޕްރޮފައިލް

10%

  • މިކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމަވާ އެންމެ ރަނގަޅު ޕްރޮފައިލް
  • މިގޮތުން އެންމެގިނަ މާކްސް ލިބޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމަވާ އެންމެ ރަނގަޅު ޕްރޮފައިލަށެވެ.

( profile marks / Benchmark profile marks ) x Allocated percentage

01 ޛުލްޤަޢިދާ 1436

16 އޮގަސްޓް 2015
ހޯދާ