މަޤާމް :
|
ސީނިއަރ އެކައުންޓެންޓް – ކޮންޓްރެކްޓް އުސޫލުން 01 އަހަރު ދުވަސް
|
ބޭނުންވާ އަދަދު:
|
1 ( އެކެއް )
|
މުސާރައާއި އެލަވަންސް:
|
- މުސާރަ: މަހަކު -/12000 ރުފިޔާ ( ބާރަ ހާސް ރުފިޔާ)
- ސަރވިސް އެލަވަންސް: މަހަކު -/4500 ރުފިޔާ (ހަތަރު ހާސް ފައްސަތޭކަ ރުފިޔާ)
- ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
އޮފީސް :
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
|
ޔުނިޓް :
|
ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާރޓްމަންޓް
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
- އޭ.ސީ.ސީ.އޭ ފުރިހަމަކޮށް ސެޓްފިކެޓް ޙާޞިލްކޮށްފައިވުން ނުވަތަ އޭސީސީއޭ ގެ ސްކިލް ލެވެލް ނިންމާފައިވުމާއެކު އެކައުންޓިންގ ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން، ނުވަތަ އެކައުންޓިންގ ދާއިރާއިން ޑިގްރީ ޙާސިލްކޮށްފައިވުމާއެކު އެކައުންޓިންގ ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު
|
- ފައިނޭންޝަލް ރިޕޯޓިންގ އަދި މެނޭޖްމެންޓް އެކައުންޓިންގ ގެ މަސައްކަތް
- ކުންފުނީގެ މާލީ ހިސާބުތައް ހަމަޖެހިފައިވާ މުއްދަތުގައި އޮޑިޓަރުންނަށް ހުށަހެޅުމަށްޓަކައި ސިސްޓަމްގެ އެކައުންޓްތައް ރަގަޅަށް ބެލެންސް ވެފައި ހުންނަކަން ކަށަވަރު ކުރުން.
- ކޮންމެ މަހަކު ބޭންކް އެކައުންޓްތައް ރިކޮންސައިލްކުރުމާއި ކަމާބެހޭ ޑޮކިއުމަންޓްތަކުގެ ފައިލިންގ ސިސްޓަމް ޤަވައިދުން ބެލެހެއްޓުން.
- މިނިސްޓްރީ އޮފް ފިނޭންސްއަށާއި އަދި އެހެނިހެން އިދާރާތަކަށް ކޮށް ހުށަހަޅަން ޖެހޭ ސްޓޭޓްމެންޓްތައް ތައްޔާރުކުރުމުގައި އެހީތެރިވުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- އެކައުންޓިން ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަމްރީން
- ދާއިރާގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ކުރެވޭ އިންޓަރވިއުއިން ފާސްވުން
- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން
- ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
- ޙަވާލު ކުރެވޭ މަސައްކަތްތައް މުސްތަގިއްލުކަމާއެކު ކުރުމުގެ ޤާބިލްކަން ހުރުން
- ވިސްނުންތެރިކަމާއެކު މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
|
ރަސްމީ މަސައްކަތު ގަޑި:
|
- ހެނދުނު 08:00 އިން 15:00 އަށް
|
ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް
|
- ވަޒީފާއަށްއެދޭ ފޯމް
- ވަނަވަރު (ސީވީ)
- އައިޑީ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)
- ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)
** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.
- ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
ސުންގަޑި:
|
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 20 އޭޕްރިލް 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 20 އޭޕްރިލް 2025 ވާ އާދީއްތަ ދުވަހުގެ 14:00 އާ ހަމައަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.
**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
އިންޓަވިއު:
|
އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ވަޒީފާއަށް އެދޭނެ ގޮތް:
|
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555/7924894 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|