މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުކުރުމިސްކިތް މަސްޖިދުއްސިޔާދަތުގެ ދެކުނު ފެންޑާއާ ގުޅުވައިގެން ބައެއް ހަދައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ހޯދުން

މިރަށު ހުކުރުމިސްކިތް މަސްޖިދުއްސިޔާދަތުގެ ދެކުނު ފެންޑާއާ ގުޅުވައިގެން ދިގު 27.08 ފުޅާ 12.06 އުސް 9.06 ފޫޓުގެ ބައެއް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކައުންސިލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް ކުރިން ދެންނެވުނު މިންތަކަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 11:30 އަށް މަޢުލޫމާތު ސާފުކުރުމަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 11:30 އަށް އަންދާސީހިސާބު މިކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުންނެވެ. އަދި މަޢުލޫމާތު ސާފުކުރަން ނުދުރުވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

އަންދާސީހިސާބާއެކު ހުށަހަޅާންޖެހޭ ތަކެތި:

1- ހުށަހަޅާ ފަރާތުގެ ފުރިހަމަނަމާއި އެޑްރެސް

2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ)

3. މަސައްކަތްކޮށްދެވޭނެ އެންމެ ކުރު މުއްދަތު

4- މަސައްކަތްކޮށްދެވޭނެ އެންމެ ކުޑަ އަގު

5- މަސައްކަތުގެ ދާއިރާގައި ވީމުއްދަތު

އަންދާސީހިސާބަށް މާކްސް ދިނުން:

ހުށަހަޅާ އަންދާސީހިސާބުތަކަށް މާކްސް ދެވޭނެ މިންގަނޑުތައް ތިރީގައި މިވަނީއެވެ.

ދާއިރާ

މާކްސް ދެވޭނެގޮތް

ތަފުސީލު

ފޯމިއުލަރ

އަގު

80%

ޚިދުމަތުގެ އަގަށް ދެވޭ މާކްސް.

މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ މަތީ މާކްސް ލިބޭނީ އެންމެ ކުޑައަގަށެވެ.

(Benchmark Price/Submitted Price)x Allocate percentage

މުއްދަތު

10%

މުއްދަތަށް ދެވޭ މާކްސް.

މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތު ތަކެއްގެ މެދުގައި ބަހައިލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ.

(Benchmark days/Submitted number of days)x Allocate percentage

ތަޖުރިބާ

10%

މަސައްކަތުގެ ތަޖުރިބާއަށް ދެވޭ މާކްސް:

މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެ ދިގު މުއްދަތެއްގައި މިފަދަ މަސައްކަތްތައް ކޮށްފައިވާ ފަރާތުގެ މުއްދަތަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކުރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުތަކެއްގެ މެދުގައި ބަހައިލައިގެންނެވެ. އެގޮތުން އެންމެ ގިނާ މާކްސް ލިބޭނީ އެންމެ ދިގު މުއްދަތެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށެވެ.

(Benchmark Term/Submitted Term)x Allocate percentage

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

02 ޛުލްޤަޢިދާ 1436

17 އޮގަސްޓް 2015
ހޯދާ