ދިވެހިރާއްޖެ
ނިލަންދެއަތޮޅު ދެކުނުބުރީ އުއްދޫ، އެއަތޮޅު ރައްޔިތުން ދަތުރު ދިޔުމަށް ހުޅުވާލުމާއި ގުޅޭ
ނިލަންދެއަތޮޅު ދެކުނުބުރީ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި އެ އަތޮޅު އުއްދޫ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސެވުމާއި ގުޅިގެން، އެރަށް ބެލެހެއްޓުން މި މިނިސްޓްރީ އާއި ސަރުކާރުން ޙަވާލުކުރައްވާފައިވާތީ، 15 އޭޕްރީލް 2025 ން ފެށިގެން، އަތޮޅު ރައްޔިތުން ދަތުރު ދިޔުމަށް އެރަށް ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.
އެގޮތުން ހަފްތާގެ ހުކުރު، ހޮނިހިރު އަދި ސަރުކާރު ބަންދު ދުވަސްތަކުގައި، ހެނދުނު 06:00 ން އިރުއޮއްސި 18:00 ށް އެރަށަށް ދަތުރު ދިއުމަށް ހުޅުވާލެވޭނެއެވެ. މިގޮތުން ދަތުރު ދާ ފަރާތްތަކުން ރަށުގެ ސާފުތާހިރުކަމަށާއި، ހެދިފައިވާ ޤަވާއިދުތަކަށް އިޙްތިރާމް ކުރައްވާ ރަށުގެ ރީތި ވެށި އެގޮތުގައި ބޭއްވުމަށްޓަކައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި ޔަޤީން ކުރަމެވެ.
ދަތުރުދާ ފަރާތްތަކުން ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސަވަން ބޭނުންފުޅުވާނަމަ ދުރާލާ އެކަން ޙިއްސާކޮށްދެއްވުން އެދެމެވެ. މިކަމުގައި އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް، 9108899 / 7777848 ނަންބަރަށް ގުޅުއްވުން އެދެމެވެ.