ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ޢިމާރާތް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން

މި ކޯޓުގެ ޢިމާރާތް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މި ކޯޓުގެ ނަންބަރު IUL)197-A3/1/2015/34)ފ(06 އޮގަސްޓު 2015) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، މިކަމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 14:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

03 ޛުލްޤަޢިދާ 1436

18 އޮގަސްޓް 2015
ހޯދާ