ދިވެހިރާއްޖެ
މިޑިޕާޓްމަންޓުން ބާއްވާ އިމްތިޙާންތަކާ ގުޅިގެން ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ ކަރުދާސްތަކާއި، އިމްތިޙާންތަކާ ގުޅުންހުރި އެހެނިހެން ތަކެތި ރައްކާކޮށްފައި ހުންނަ ތަންތަނުގައި ސެކިއުރިޓީގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް 2015 ޖުލައި 01 ވަނަ ދުވަހު ކުރި ނަންބަރު IUL)120/1/2015/33) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބު ފުރިހަމަނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އޮގަސްޓު 23 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮގަސްޓު 25 ވާ ހޯމަ ދުވަހުގެ 10:30 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 3 ވަނަ ފަންގިފިލާގައެވެ.
03 ޛުލްޤަޢިދާ 1436