ދިވެހިރާއްޖެ
މި ކޯޕަރޭޝަނަށް ލީގަލް ރިޓެއިނަރޝިޕްގެ ޙިދުމަތް 1 (އެއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން، 20 އޭޕްރިލް 2025 ވާ އާދިއްތަ ދުވަހު، 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑަށްރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އަދި ތިރީގައި މި ދަންނަވާ ތާރީޚުގައި މިކޯޕަރޭޝަނުން ހިއްސާކުރާ ލިންކު މެދުވެރިކޮށް މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްސީލް |
ތަން |
ސުންގަޑި |
ބިޑް ރެޖިސްޓްރޭޝަން |
https://forms.office.com/r/GLP4d5tYbL ލިންކް މެދުވެރިކޮށް ރެޖިސްޓަރީ ނުކުރެވޭނަމަ، ރެޖިސްޓަރީ ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުގެ 1 ގަޑިއިރު ކުރިން މިކޯޕަރޭޝަނަށް އެންގެވުން އެދެމެވެ. |
20 އޭޕްރިލް 2025 / 10:00 ގެ ކުރިން |
މައުލޫމާތު ސެޝަން |
މައުލޫމާތު ސެޝަން ކުރިއަށް ގެންދެވޭނީ އޮންލައިންކޮށެވެ. އަދި ރެޖިސްޓަރ ކުރާ ފަރާތްތަކާއި ސެޝަން ލިންކް، ހިއްސާކުރެވޭނެއެވެ. |
20 އޭޕްރިލް 2025 / 14:00 |
ބީލަން ހުށަހެޅުން |
ފަހި ދިރިއުޅުން ކޯޕަރޭޝަން، ފަތަނގުމާގެ |
27 އޭޕްރިލް 2025 / 14:00 |
އަންދާސީ ހިސާބު ހުށަހެޅުއްވުމާ ގުޅޭ:
- މި ބިޑުގައި ބައިވެރިވެވަޑައިގެންނެވޭނީ ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ފަރާތަކަށް މައުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް ބީލަން ހުށަހެޅޭނެއެވެ.
- ކޮންމެ ފަރާތެއްވެސް ވަޑައިގަންނަވާއިރު އެބޭފުޅެއްގެ އަމިއްލަ ގަލަމާއި ނޯޓުކަރުދާސް ގެނައުމަށް އެދެމެވެ.
- މި ބިޑުގެ މައުލޫމާތު ކަރުދާސް ރަޖިސްޓަރީ ކުރައްވާ އީމެއިލަށް ފޮނުވޭނެއެވެ.
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކު މި ކުންފުނީގެ ހެޑް އޮފީސް (ފަތަނގުމާގެ، ސޯސަން މަގެ، ކ.މާލެ) ގައެވެ.
މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.