ދިވެހިރާއްޖެ
އިޢުލާނު
މިސްކޫލުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުން
1. މިސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިސްކޫލުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
2. މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2025 އޭޕްރީލް 15 ން 2025 އޭޕްރީލް 21 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި މިސްކޫލަށް ވަޑައިގެން ނުވަތަ ސްކޫލުގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އޭޕްރީލް 20 ވާ އާދިއްތަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5. ޕްރީބިޑް މީޓިން އޮންނާނީ 23 އޭޕްރީލް ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލު އޮފީހުގައެވެ.
6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 އޭޕްރީލް 30 ވާ ބުދަ ދުވަހުގެ 11:30 ގައި މި ސްކޫލް އޮފީހު ގައެވެ.
7. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކިނބިދޫ ސްކޫލް
ތ. ކިނބިދޫ، ދިވެހިރާއްޖެ.
ފޯން: 6780095
އީ-މެއިލް: [email protected]