ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. މަޑަވެލި ކައުންސިލް އިދާރާއަށް 1.5 ޓަނުގެ ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ގދ. މަޑަވެލި ކައުންސިލް އިދާރާއަށް 1.5 ޓަނުގެ ޕިކަޕެއް ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށް ރަށާއި ހަމައަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި އިޢުލާނާއެކު، މި މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި، 'އަގުހުށަހަޅާ ފޯމް' އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

14 އެޕްރީލް 2025 އިން 17 އެޕްރީލް 2025 ވަނަ ދުވަހުގެ ހެނދުނު 11:00އާއިހަމައަށް ތިރީގައިވާ ލިންކުންވަދެ ރަޖިސްޓްރޭޝަން ޝީޓްގެ ގޫގުލް ފޯމް ފުރުއްވައިގެން:

ލިންކް:  https://forms.gle/bxH1SaurLRfjHr2EA

ޕްރީބިޑް މީޓިންގ:

17 އެޕްރީލް 2025 ވަނަ ދުވަހުގެ މެންދުރުފަހު 13:15 ގައި އޮންލައިން ކޮށް. (މީޓިންގ ލިންކް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ޙިއްސާ ކުރެވޭނެއެވެ.)

ބިޑް ބަލައިގަތުން:

23 އެޕްރީލް 2025 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން. (މަޑަވެލި ކައުންސިލްގެ މެއިލް އަށް މެއިލް ކުރައްވައިގެން)

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަތީގައިވާ ލިންކުން ވަދެ ރަޖިސްޓްރީ ކުރުމަށްފަހު 23 އެޕްރީލް 2025 ވަނަ ދުވަހުގެ ހެނދުނު 11:00 އާއި ހަމައަށް، މިއިދާރާގެ އީމެއިލް:  [email protected] އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅަންވާނީ، މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ، 'އަގުހުށަހަޅާ ފޯމު' ންނެވެ. އަގުހުށަހަޅާ ފޯމާއިއެކު، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، ޖިއެސްޓީ ދައްކާ ފަރާތެއްނަމަ، ޖީއެސްޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. 'އަގުހުށަހަޅާ ފޯމު' ނުހިމަނައި ހުށަހަޅާ އަންދާސީ ހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތަކާއި އަދި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބިޑްތައް އިވެލުއޭޓް ކުރުމުގެ ތެރެއިން ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.       

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 އެޕްރީލް 2025
ހޯދާ