މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސެމީ ސްކިލްޑް ވޮކަރ - ރ.މައްޑުވަރީ އައިސް ޕްލާންޓް

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

 މަޤާމު

 ސެމީ ސްކިލްޑް ވޮކަރ

 ބޭނުންވާ ޢަދަދު

 02

 ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން)

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރ.މައްޑުވަރީ އައިސް ޕްލާންޓް /  ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

 ޖުމްލަ މުސާރަ

 10834.5 ރުފިޔާ

 ޝަރުޠު:

  • މަޤާމާއި ގުޅޭ ދާއިރާއަކުން 01 އަހަރުގެ ތަޖުރިބާ ލިބިފައިވުން
  • މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކުރުމާއިއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މިހަކަށްވުން.

 މަޤާމުގެ މަސްޢޫލިއްޔަތު:

  • ޕްލާންޓްގައި ކަޑައެޅިފައިވާ ޑިއުޓީ ކުރުން
  • އައިސްޕްލާންޓްގެ މަސައަކްތުގައި ބޭނުންކުރާ އާލާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • މަސައްކަތުގައި އުޅޭ އެހެން މުވައްޒަފުންނަށް އެހީތެރިވުން.
  • އައިސް ލޯޑް އަދި އަންލޯޑް ކުރުމުގައި އެހީތެރިވުން.
  • މަސައްކަތުގެ މާހޯލް ސާފްތާހިރުކަމާއި އެކު ބެލެހެއްޓުން.
  • އައިސް ޕްރޮޑަކްޝަންގައި ލޭބަލިނގް އަދި ޕެކޭޖިންގައި އެހީތެރިވުން.
  • މަސްކިރުމުގައި ޙަރަކާތްތެރިވުން.  
  • ކޮންމެ ދުވަހަކުވެސް ރޭވިފައިވާ މަސައްކަތު ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދިއުން.
  • ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތައް ކަންތައްތައް ބެލެހެއްޓުން.

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް   ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

 އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

 ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު އަދި ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- މިފްކޯ ޖޮބް އެޕްލިކޭޝަން ފޯމް

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

 ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

 އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 16 އޭޕްރީލް 2025 ދުވަހުގެ 12:00ގެ ކުރިންނެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
13 އެޕްރީލް 2025
ހޯދާ