މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
Invitation to the 11th China-Arab Business Conference

އިޢުލާން

11 ވަނަ ޗައިނާ-އަރަބް ބިޒްނަސް ކޮންފަރެންސް ގައި ބައިވެރިވުމުގެ ފުރުސަތު

ޗައިނާ ކައުންސިލް ފޯރ ޕްރޮމޯޝަން އޮފް އިންޓަރނޭޝަނަލް ޓްރޭޑް (ސީ.ސީ.ޕީ.އައި.ޓީ) އިން އިންތިޒާމުކޮށްގެން މި މަހު 27 އިން 29 ބޭއްވުމަށް ހަމަޖެހިފައިވާ، 11 ވަނަ ޗައިނާ-އަރަބް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމުގެ މައުލޫމާތު ޗައިނާ ސަރުކާރުން މި މިނިސްޓްރީ އާ ހިއްސާކޮށްފައިވެއެވެ. ޗައިނާގެ ހައިނާން ޕްރޮވިންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގައި، ހަކަތަ، ޑިޖިޓަލް އިކޮނޮމީ އަދި އެހެނިހެން އީޖާދީ ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެވޭނެއެވެ.

މި ކޮންފަރެންސްގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، މި އިއުލާނާ އެއްކަރުދާސްކޮށްފައިވާ އެޕްލިކޭޝަން ފޯމް ފުރުމަށް ފަހު، 17 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން [email protected]  އީމެއިލްކުރެއްވުން އެދި ދަންނަވަމެވެ.

 

‏15‏ ޝައްވާލް‏ 1446

‏13‏ އޭޕްރިލް‏ 2025

13 އެޕްރީލް 2025
ހޯދާ