|
މަޤާމް
|
ރިސެޕްޝަނިސްޓް
|
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
މަޤާމުގެ ރޭންކް: GS3
|
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
|
ޑިވިޜަން/ ސެކްޝަން
|
އޯޕީޑީ
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ރ. އިންނަމާދޫ ޞިއްޙީ މަރުކަޒު
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކަނޑައެޅިފައިވާ ޑިއުޓީގަޑީގައި ޑަކްޓަރަށް ދައްކަން އަންނަ ބަލިމީހުން ރަޖިސްޓްރީކުރުމާއި، ނަންބަރު ދޫކުރުން.
- ކަނޑައެޅިފައިވާ ޑިއުޓީގަޑީގައި ބަލިމީހާގެ ފަރާތުން ހޮސްޕިޓަލް އޮފީހަށް ބޭނުންވާ މަޢުލޫމާތު ރިޕޯޓްތައް ހަދައި ބެލެހެއްޓުން.
- އާސަންދައިގެދަށުން ޑަކްޓަރަށް ދެއްކޭ ބަލިމީހުންގެ ޓްރާސްސެކްސަންތައް ދުވަހުން ދުވަހަށް ހެދުން.
- އޯ.ޕީ.ޑީ އިންވެންޓްރީ ބެލެހެއްޓުމާއި ކައުންޓަރަށް ލިބޭ ފައިސާ، މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ބަލައިގަނެ، ކަމާގުޅޭ މުވައްޒަފުންނާ ހަވާލުކުރުން.
- އާސަންދައިގެ ދަށުން ޑަކްޓަރަށް ދެއްކިފައިވާ ބަލިމީހުން ރެސިޕްޓާއި އިންވޮއިސްތައް ހަދައި، ކޮންމެ މަހެއް ނިމުމުން، ހެލްތު ސެންޓަރުގެ އޮފީހާ ހަވާލުކުރުން.
- ބޭނުންވާ ކޮންސިއުމަބަލްސް ހުސްވުމުގެ ކުރިން ރިކުއިޝަން ތައްޔާރުކޮށް ފޮނުވުމާއި، މެޑިކަލް ކޮންސިއުމަބަލްސްގެ ސްޓޮކް ބެލެހެއްޓުން.
- ތަރުޖަމާނަކު ނެތްނަމަ، ޑޮކްޓަރު ކޮޓަރީގައި ބަލިމީހުން ބެލުމަށް އެހީތެރިވެދިނުމާއި، ބަލިމީހުންނަށް ދޫކުރާ ލިޔުންތަކުގެ ތެރެއިން ރިފަރަލް، މެޑިކޯ ލީގަލްފަދަ ލިޔުންތައް ތައްޔާރުކުރުން.
- ޞިއްޙީ މަރުކަޒުން އިންތިޒާމުކުރާ މުނާސަބަތުތަކާއި، ހިންގާ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
|
|
ތަޢުލީމާއި ތަޖުރިބާ
|
1- ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގެރޭޑް ލިބިފައިވުން.
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
|
|
ޢިނާޔަތްތައް
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
- ރިސްކް އެކުލެވޭ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް، ހަމަޖެހިފައިވާ އުޞޫލުގެމަތިން ރިސްކް އެލަވަންސް.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މި މަރުކަޒުން ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
|
ސުންގަޑި
|
2015 އޮގަސްޓު 31 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ރ. އިންނަމާދޫ ޞިއްޙީ މަރުކަޒަށް.
|
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން
|
2015 ސެޕްޓެންބަރުމަހުގެ ތެރޭގައި ރ. އިންނަމާދޫ ޞިއްޙީ މަރުކަޒުގައި.
ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
އިތުރު މަޢުލޫމާތު
|
- މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 6580388 އެވެ.
- ވަޒީފާއަށް އެދޭ ފޯމު، ރ. އިންނަމާދޫ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ.
|