ދިވެހިރާއްޖެ
c
މަންދޫ ސްކޫލް އދ.މަންދޫ ދިވެހިރާއްޖެ ނަންބަރ: GS156/IUL/2025/01 އިޢުލާން
ސްކޫލް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ 2025 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބުހުށަހެޅުއްވުމަށް ދަންނަވަމެވެ. ނޯޓް : މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިއަދު 13 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 16 އޭޕްރީލް 2025 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ނަން ނޯޓް ކުރެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު 2014/18 އަދި2014/19 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްގުޅުއްވާނީ 7949320 ނަންބަރު ފޯނައެވެ.
13 އޭޕްރީލް 2025
|