ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފެއްދުމަށް ލާޒިމުކުރާ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފް ކައުންސިލްގެ ކައުންސިލްގެ މެންބަރުންނަށް ވުމުގެ ފުރުޞަތު ހުޅުވައިލަމެވެ.
މި ކައުންސިލަށް ޢައްޔަންކުރާ މެންބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތަކީ، ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ 46 ވަނަ މާއްދާއާއި 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކެވެ. އަދި ކައުންސިލަށް ޢައްޔަންކުރެވޭ މެންބަރުންނަށް ދެވޭނީ ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސެކެވެ.
ބޭނުންވާ ދާއިރާ |
ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ (4) ގައިވާ މެންބަރު (ނަރުހެއް ނުވަތަ މިޑްވައިފެއް ކަމުގައިނުވާ ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް) |
ބޭނުންވާ އަދަދު |
1 |
ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް |
ތަޢުލީމު/ ތަޖުރިބާ (ނަރސިންގ/މިޑްވައިފަރީ ޕްރޮފެޝަން ނޫން ޞިއްޙީ ދާއިރާއަކުން ހޯދާފައިވާ ސެޓްފިކެޓް)
މަސައްކަތުގެ ތަޖުރިބާ (ނަރސިންގ/މިޑްވައިފަރީ ޕްރޮފެޝަން ނޫން ޞިއްޙީ ދާއިރާއެއްގައި ޚިދުމަތްކޮށްފައިވާ މުއްދަތު)
|
ބޭނުންވާ ދާއިރާ |
ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ (5) ގައިވާ މެންބަރު (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒުތަކުގެ ތެރެއިން ނަރުހުންނާއި މިޑްވައިފުން ތަމްރީނުކުރާ މަރުކަޒެއްގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާތާ މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަރުހެއް ނުވަތަ މިޑްވައިފެއް) |
ބޭނުންވާ އަދަދު |
1 |
ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް |
ތަޢުލީމު (ނަރސިންގ/މިޑްވައިފަރީ ޕްރޮފެޝަނުން ހޯދާފައިވާ ސެޓްފިކެޓް)
މަސައްކަތުގެ ތަޖުރިބާ (ނަރުހުންނާއި މިޑްވައިފުން ތަމްރީނުކުރާ މަރުކަޒެއްގައި، ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރުމުގެ ތަޖުރިބާ)
|
ބޭނުންވާ ދާއިރާ |
ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ (6) ގައިވާ މެންބަރު (ޤާނޫނީ ވަކީލެއްގެގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ޤާނޫނީ ވަކީލެއް) |
ބޭނުންވާ އަދަދު |
1 |
ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް |
ތަޢުލީމު (ޤާނޫނީ/ޝަރީޢާގެ ދާއިރާއިން ހޯދާފައިވާ ސެޓްފިކެޓް)
މަސައްކަތުގެ ތަޖުރިބާ (ޤާނޫނީ/ޝަރީޢާގެ ދާއިރާގައި ދާއިރާއެއްގައި ޚިދުމަތްކޮށްފައިވާ މުއްދަތު)
|
ބޭނުންވާ ދާއިރާ |
ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ (7) ގައިވާ މެންބަރު (ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރެއް) |
ބޭނުންވާ އަދަދު |
1 |
ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް |
ތަޢުލީމު (ޞިއްޙީ ދާއިރާއަކުން ހޯދާފައިވާ ސެޓްފިކެޓް)
މަސައްކަތުގެ ތަޖުރިބާ (ޕަބްލިކް/ޕްރައިވެޓް ސެކްޓަރގައި ޞިއްޙީ ދާއިރާއާ ގުޅުންހުރި މަސައްކަތެއްގައި ޚިދުމަތްކޮށްފައިވާ މުއްދަތު)
|
މާކްސް ދިނުމާއި އިންޓަވިއުކުރުމުގައި ގެންގުޅޭނެ އާންމު މިންގަނޑު
|
|
މަޤާމަށް ކުރިމަތިލާ މެންބަރުންގެ ޝަރުޠުތައް |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
|
ސުންގަޑި |
23 އޮގަސްޓު 2015 ގެ 15:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް) އަށް ހުށަހެޅުއްވުން ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުއްވައިދެއްވުން (އީމެއިލުން ހުށަހަޅާ އެޕްލިކޭޝަންތަކަށް މިނިސްޓްރީއަށް ލިބުނުކަން އަންގާނެކަން ދަންނަވަމެވެ. ނަމަވެސް މިނިސްޓްރީން ޖަވާބެއް ނުލިބޭނަމަ، މުއްދަތު ހަމަވުމުގެ ކުރިން މިނިސްޓްރީއަށް އެޕްލިކޭޝަން ލިބުނުތޯ ބެއްލެވުންވެސް އެދެމެވެ.) |
އިތުރު މަޢުލޫމާތު |
- ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުންނާއި ދިވެހިސަރުކުރާރުގެ ގެޒެޓުން ބެލެން އޮނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. - މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014468 އާއި 3014480 އެވެ. |
2 ޛުލްޤަޢިދާ 1436 |