| 
 މަޤާމު 
 | 
 މަސައްކަތު 
 | 
| 
 ބޭނުންވާ އަދަދު 
 | 
 01 
 | 
 މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 
 | 
 ރޭންކް: އެސް.އެސް 1 
 | 
| 
 މުސާރަ 
 | 
 މަހަކު -/3100 ރުފިޔާ 
 | 
| 
 ސަރވިސް އެލަވަންސް 
 | 
 މަހަކު -/1000 ރުފިޔާ 
 | 
| 
 ވަޒީފާ އޮތް ތަން 
 | 
 ބ. ކަމަދޫ ޞިއްޙީމަރުކަޒު 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން 
 | 
 ބ. ކަމަދޫ ޞިއްޙީމަރުކަޒު 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 | 
- ޞިއްޙީމަރުކަޒުގެ ގޯތިތެރެ ކުނިކަހައި ވިނަނޮޅައި ސާފުކުރުމާއި ކުނިތައް ކުނިއަޅާ ސަރަހައްދަށް އުކާލުން.
 
- ޞިއްޙީމަރުކަޒުގެ އިމާރާތުގައި ހިމެނޭ އެކިތަންތަނުގެ ތަޅުންގަނޑު ކުނިކަހައި މޮޕްއަޅައި ސާފުކުރުން.
 
- ޞިއްޙީމަރުކަޒުގެ އިމާރާތުގައި ހިމެނޭ ތަންތަނުގެ ދޮރާއި ދޮރުފަތްތަކާއި، އެތަންތަނުގައި ހުރި މޭޒު ގޮނޑި އަދި އެހެނިހެން ތަކެތި ފޮޅައި ސާފުކުރުން.
 
- ޞިއްޙީމަރުކަޒުން އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ތަކެތި ގެންދިއުމާއި އެކި ތަންތަނުން ޞިއްޙީމަރުކަޒަށް ގެންދަންޖެހޭ ތަކެތި ގެނައުން.
 
- ޞިއްޙީމަރުކަޒުގައި ހުރި އިމާރާތްތަކުގެ ފުރާޅު ދިޔަދޮވި ސާފުކުރުމާއި، މަރުކަޒުގެ ގޯތިތެރޭގައި ގަސްއިންދުމާއި، ގަސްތައް ކޮށައި ފެންދީ ބެލެހެއްޓުން.
 
  | 
| 
 ތައުލީމާއި ތަޖުރިބާ 
 | 
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.
 
  | 
| 
 ވަޒީފާއަށް އެދޭ އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް 
 | 
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
 
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން
 
  | 
| 
 އިނާޔަތްތައް 
  
 | 
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 
- ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައި އޮންނަ އުސޫލުން ރިސްކް އެލަވަންސް.
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް 
  
  
  
 | 
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ބ. އަތޮޅު ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
 
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޙިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތް  ކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 
- ވަޒީފާ އަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ  ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 
 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
 
  | 
| 
 ސުންގަޑި 
 | 
 24 އޮގަސްޓު 2015 ވަނަ ދުވަހުގެ 14:30 ގެ ކުރިން ބ. އަތޮޅު ހޮސްޕިޓަލަށް 
 | 
| 
 އިންޓަރވިއު އޮންނާނެ ތާރީޙާއި ތަން 
 | 
 2015 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ތެރޭގައި ބ.އަތޮޅު ހޮސްޕިޓަލްގައި 
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
 މަޢުލޫމާތު ސާފުކުރެއްވުމަށް ބ. އަތޮޅު ހޮސްޕިޓަލުގެ 6608309 ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. 
 |