އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު

މަޤާމު

މަސައްކަތު (ދާއިމީ)

މަޤާމުގެ ނަންބަރު:

262619

ބޭނުންވާ ޢަދަދު

01

ކްލެސިފިކޭޝަން

ސަޕޯޓް ސަރވިސް ގްރޭޑް 1

ރޭންކް

އެސް އެސް 1

މުސާރަ

-/3100 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް

-/1000 ރުފިޔާ (މަހަކު)

އިތުރުގަޑީގެ ފައިސާ

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް/ސެކްޝަން/ތަން

އދ.އަތޮޅު ތަޢުލީމީ މަރުކަޒު ، އދ.މަހިބަދޫ

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު

  • ސްކޫލުގެ ގޯތިތެރެއާއި ގޯތީގެ ވަށައި މަގު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
  • ސްކޫލުގެ އޮފީސް އިމާރާތާއި ކްލާސްރޫމްތަކާއި އެހެނިހެން ރޫމްތައް ކުނިކަހައި، ދޮރާއި ދޮރުފަތްތަކާއި އެތެރެ ފޮޅައި ސާފުކޮށް މޮޕްޖެހުން.
  • ސްކޫލުގެ އޮފީހާއި ސްޓާފްރޫމުގެ ފާޚާނާތަކާއި ކުދިންނަށް ޚާއްޞަކުރެވިފައިވާ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.
  • ސްކޫލުގައި ހުރި ފަރުނީޗަރުތައް ސާފުކޮށް ބެލެހެއްޓުން.
  • ދަރިވަރުން ސްކޫލުގައި ތިބޭ ވަގުތުތަކުގައި ދަރިވަރުންނަށް ދިމާވާ އެކިއެކި ކަންކަމުގައި އެހީތެރިވުން.
  • ސްކޫލުން ބާއްވާ އެކިއެކި ހަރާކާތްތަކަށް ސްކޫލްގެ ހޯލާއި ގޯތިތެރެ ތައްޔާރު ކުރުމާއި ޖަލްސާތަކާއި މުބާރާތްތަކަށް ތަން ޒީނަތްތެރި ކުރުމަށް ކުރާ މަސައްކަތްތައް ކުރުން.
  • ކުނިކަހައި ފޮޅައި ސާފުކުރާ ސަރަޙައްދުގެ ކުނި ނައްތާލުން
  • އިދާރާއިން އެކިއެކި ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި ލިޔެކިޔުން ޙަވާލުކުރުން.
  • މަރުކަޒުގެ އާބާތުރަފިލުވުމަށްޓަކައި ކުރެވޭ މަސައްކަތުގައި އެއްބާރުލުން ދިނުން.
  • ސްކޫލުގެ މަޤުޞަދު ހާސިލުކުރުމަށާއި، މުވައްޒަފުންގެ އެކުވެރިކަމާއި އެއްބާރުލުން އުފެއްދުމަށް ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން.

އަސާސީ ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަޤާމަށް ބޭފުޅަކު ހޮވުމުގައި ބަލާނީ، ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި މިސިފަތަކަށެވެ.

އިންޓަރވިއު އާއި ޕްރެކްޓިކަލްސް އާއި އިމްތިޙާން ކުރުން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚާއި ތަން

މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި އދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6680024 އާއި 9901891 އާ ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ފުރިހަމަ ކުރެވިފައިވާ ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު މިމަރުކަޒުންނާއި ސިވިލް ސަރވިސްގެ ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.)

ށ. ސިވިލް ސަރވިސް ނުވަތަ ސަރުކާރުގެ އެހެން އިދާރާއެއްގައި މަސައްކަތް ކުރައްވާ މުވައްޒަފެއް ކަމުގައިވާނަމަ އެ އިދާރާއަކުން އެ މުވައްޒަފު މިވަޒީފާއަށް ބަދަލުވުމާމެދު އިއުތިރާޒު ނުކުރައްވާކަމުގެ ލިޔުން.

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފަރާތުގެ ސާފުކޮޕީ (މުއްދަތު ހަމަނުވާ)

ރ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

ބ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މިމަޤާމަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 24 އޮގަސްޓު 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު އދ.އަތޮޅު ތަޢުލީމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

13 އޮގަސްޓް 2015
ހޯދާ