ދިވެހިރާއްޖެ
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް) ދެވަނަ ދައުރުގެ އިންތިޚާބު 2025
ވޯޓުލުމުގެ ޙައްޤުލިބިގެންވާ މެންބަރުންގެ ލިސްޓްގެ އަދާހަމަ އަދި މެންބަރުންގެ ލިސްޓްގެ އަދާހަމަ.
5 އެޕްރީލް 2025 ގައި އެސް- އޯ މޯލްޑިވްސް އިން ދިވެހިސަރުކާރުގެ ގެޒެޓު (www.gazette.gov.mv) ގައި ޝާޢިއު ކޮށްފައިވާ
(ގެޒެޓް ނަންބަރު SOM/IUL/2025/005) އެސް-އޯ މޯލްޑިވްސްގެ ދެވަނަ ދައުރުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލިބިގެންވާ މެންބަރުންގެ
ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަޠާ ގުޅިގެން ލިބުނު ޝަކުވާތަކަށް ރިޢާޔަތްކޮށް، އެސް-އޯ މޯލްޑިވްސްގެ ހިންގާ ޤަވާޢިދުގެ 13 ވަނަ މާއްދާގެ
(ށ) ގައި ވާ ގޮތުގެމަތިން ވޯޓުލެވޭ މެންބަރުންގެ ލިސްޓްެގެ އަދާހަމަ އަދި 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޞޫލުން މެންބަރުންގެ ލިސްޓްގެ
އަދާހަމަ މި ގެޒެޓުގައި އެއްކަރުދާސް ކުރިކަން ޢާންމުކޮށް އަންގާ އިޢުލާންކުރަމެވެ.