ދިވެހިރާއްޖެ
މިކައުންސިލުން ދޭ އިރުޝާދާއި އެއްގޮތަށް ރަށުގެ އިންޑޯކޯޓުގެ ޓިނު ބަދަލުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. މި އިޢުލާނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތް ތިރީގައިމިވަނީއެވެ.
- 3 ގަނޑުފަތި އެޅުން "2x"2x'65
- 8 ފައިދޮށް ޖޮއިންޓްކުރުން "2x"4x'8
- މި މަސައްކަތަށް ބޭނުންވާ ތިނބި އަދި ޓިނު ކައުންސިލުން ފޯރުކޮށްދޭނެއެވެ.
ވީމާ، މި މަސައްކަތަށް އަގު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 20 އޭޕްރީލް 2025 ވާ އާދިއްތަ ދުވަހު 10:00 ގެ ކުރިން https://forms.gle/qDHVzDAxacXAkH93A މިލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުން އެދެމެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ސައިޓް ސީއިން ސެޝަންއެއް 21 އޭޕްރީލް 2025 ވާ ހޯމަ ދުވަހު 10:00 ގައި ކުރިއަންދާނެއެވެ.
އަގު ހުށަހަޅުއްވާނީ އެހުށަހަޅުއްވާ ވިޔަފާރިއެއްގެ ލެޓަރ ހެޑްގެ ކޯޓޭޝަންއަކުންނެވެ. ކޯޓޭޝަންގައި އަގާއި މުއްދަތު ހިމަނަންވާނެއެވެ. ކޯޓޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 28 އޭޕްރީލް 2025 ވާ ހޯމަ ދުވަހުގެ 13:00 އެވެ. ކޯޓޭޝަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި" އިންޑޯކޯޓް ޓިނުބަދަލުކުރުމުގެ މަސައްކަތަށް އެދި " މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ސަމާލުކަން ދެއްވަންވީ މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.
1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް
މާރކްސް ދެވޭ ކްރައިޓީރިޔާ |
މާކްސްދެވޭ މިންގަނޑު |
ތަފްޞިލް |
ފޯރމިއުލަރ |
އަގު |
80% |
v އަގަށް ދެވޭ މާރކްސް v މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ އަގަށެވެ. |
Benchmark price/Submitted price x Allocated percentage |
މުއްދަތު |
20% |
v މުއްދަތަށް ދެވޭ މާރކްސް v މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާމުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ. |
Benchmark price/Submitted
|
2 ސަމާލުކަންދޭންވީ ކަންތައްތައް
1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.
v ރަޖިސްޓްރީނުވާ ފަރާތްތަކުގެ އަގުތައް
v މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް
v ކޯޓޭޝަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް
2 ހުށަހެޅިފައިވާ ކޯޓޭޝަން ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 6600005
އީ . މެއިލް : [email protected]
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.