ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢްލާން

މި އިޢުލާންވަނީ 15 އެޕްރީލް 2025 10:37 ގައި ބާތިލް ކުރެވިފައެވެ.


އިޖުތިމާއީ ސަރަޙައްދު ސާފުކޮށް ބަލަހައްޓާދޭނެ ފަރާތްތަކެއް ހޯދުމާ ގުޅޭ

 

ކިނބިދޫ އިޖުތިމާޢީ ސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

  • ބޭނުންވާ ޢަދަދު: 2 މީހުން
  • މަސައްކަތުގެ މުއްދަތު: 2 އަހަރު
  • މަސައްކަތުގެ އަގު: މަސައްކަތް ކުރާ މަހަކަށް  -/5000 ރުފިޔާއަށް ވުރެ ބޮޑު ނުވުން
  • މަސައްކަތް ކުރަންޖެހޭ ވަގުތު: ދުވާލަކު 4 ގަޑިއިރު / ހަފުތާއަކު 6 ދުވަހު
  • މަސައްކަތުގެ ތަފުޞީލު: ރަށުގެ އިޖުތިމާޢީ ސަރަހައްދާއި، ރައްޔިތުންގެ ގޯތިތަކާއި އިމާރާތްތަކާއި، އިދާރާގެ ބެލުމުގެ ދަށުގައިވާ ބިންބިމާއި އެފަދަ ތަންތަން ކުނިކެހުމާއި، ވިނަނޮޅުމާއި، ކޮށަންޖެހޭ ގަސްތައް ކޮށުމާއި، ކުނިއުކުމާއި، އެތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމުގެގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • މަސައްކަތަށް މީހުން ހޮވާނީ ކުރިމަތިލާ ހުރިހާ ފަރާތްތަކެއްގެ ހާޒިރުގަގައެވެ.
  • މަސައްކަތަށް މީހުން ނެގުމުގައި ޢަމަލު ކުރެވޭނގޮތަކީ :

1-      މަހަކަށް ހުށަހަޅާ އަގު %50

2-      މަސައްކަތުގައި އަމިއްލަ ތަކެތިބޭނުން ކުރާނެ ގޮތަކަށް ބެލުން %20

3-      ބަގީ/ ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތްފަރާތްތަކަށްބެލުން  %20

4-      މަސައްކަތުގެ ތަޖްރިބާ ލިޔުމަށް ބެލުން

ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން އެކިއެކި ކަންކަމަށް އެދޭ ފޯމު ނަންގަވައި  ފުރިހަމަ ކުރެއްވުމަށްފަހު އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީއާއެކު، 24 އެޕްރީލް 2025ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 11:00 ގެ ކުރިން މިއިރާދާގެ ކައުންޓަރަށް ފޯމު ހުށައެޅުއްވުން އެދެމެވެ. ފޯމް ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރަ ކެނޑުން އޮންނާނީ މިކަމަށް އެދި ސިޓީލާ ހުރިހާ ބޭފުޅުންގެ އެއްހާޒިރުގައެވެ.

                    11  ޝައްވާލު  1446 ހ

10 އެޕްރީލް 2025
ހޯދާ