ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަމުން ނަގާފައިވާ ތަކެތި ނަގައި ސާފުކުރުމާގުޅޭ

ނީލަމުން ނަގާފައިވާ ތަކެތި ނަގައި ސާފުކުރުމާގުޅޭ

ކިނބިދޫގެ ބިންހިއްކުމުގެ މަޝްރޫއާ ގުޅިގެން ރަށުގެ ބައެއް މަގުތައްހެދުމާއި ސައިޓް ހެދުމަށް ކިނބިދޫ  އިރުމަތީފަރާތު ހޭޅިފަށުން ކަނޑާފައި ހުރި ރުއްތައް ނީލަމުން ނަގާފައިވާ ފަރާތްތަކުން މިއަދާ ހަމައަށް އައިއިރުވެސް އެތަކެތި ނުގެންގޮސްއެތާ ހުރުމުގެ ސަބަބުން އެސަރަހައްދު ވަނީ ވަރަށްބޮޑަށް ހަޑިވެފައެވެ.

ވިމާ މިހިނގާ އޭޕްރީލްމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ ކުރިން  އެތަކެތި އެތަންތަނުން ނަގައި ގެންގެންދިއުމާއި އެތަން ސާފުކުރުމަށް އެންގީމެވެ. އަދި ދެންނެވުނު ތާރީޚްގައި ނުގެންގޮސް އެއްޗެއްހުރިނަމަ މިއިދާރާގެ ޤަވާއިދު ނަންބަރު 2013/R-1907 ( މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއިބެހޭ ޤަވާއިދު)ގައިވާ ގޮތުގެމަތީން އެތަކެއްޗާމެދު އަމަލުކުރެވޭނޭ ވާހަކަ ދަންނަވަމެވެ.

 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

10 އެޕްރީލް 2025
ހޯދާ