ދިވެހިރާއްޖެ
މި ކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ކޯޓު ޢިމާރާތުގެ ދިޔަދޮވިތައް ބަދަލުކުރުމާއި ބޭރު ލައިޓުތައް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް، 13 އޭޕްރިލް 2025 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މި ކޯޓުގައި އޮންނާނެއެވެ.
މި މަސައްކަތުގެ އަންދާސީ ހިސާބު (ބީލަން) ހުށަހެޅުން އޮންނާނީ 14 އޭޕްރިލް 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި މަޑިފުށީ މެޖިސްޓްރޭޓް ކޯޓުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް (ވިޔަފާރިތަކުގެ) ވެރިފަރާތްތަކުން، ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި ވަޑައިގަންނަވާ ފަރާތުން ގެންނަވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ވާހަކަ ދަންނަވަމެވެ.