މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
އެޑްވާންސްޑް މީޓިއޮރޮލޮޖިކަލް ޓްރެއިނިން ކޯސް

ސްޓާފް ޑިވަލޮޕްމަންޓް ޕްރޮގްރާމް

ޔުނިވަރސިޓީ/ އިންސްޓިޓިއުޓް

ޤައުމު

ކޯސް ފެށޭނެ ކަމަށް ލަފާކުރާ ތާރީޚު

ކޯހުގު މުއްދަތު

ކޯހުގެ ފެންވަރު

ކޯހުގެ އަދަދު

ކޯހުގެ ނަން

WMO Regional Training Center, IMD, Pune, India or Qatar Aeronautical College, Doha

އިންޑިޔާ ނުވަތަ ޤަތަރު

6 ސެޕްޓެންބަރު 2015

1 އަހަރު

އެޑްވާންސްޑް ޑިޕްލޮމާ

03

އެޑްވާންސްޑް މީޓިއޮރޮލޮޖިކަލް ޓްރެއިނިން ކޯސް

(ބޭސިކް އިންސްޓްރަކްޝަން ޕެކޭޖް ފޯ މީޓިއޮރޮލޮޖިސްޓް) 

  • އެދޭ ކޯހަކާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން. (ގުޅޭ ދާއިރާތައް: މެތެމެޓިކްސް، ފިޒިކްސް، އެންވަޔަރަންމަންޓަލް ސައިންސް، އެޓް މޮސްފެރިކް ސައިންސް، ކުލައިމެޓޮލޮޖީ)

 (ކޯހަށް އެދި ހުށަހަޅާ ޑިގްރީ ސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓް ކޮށްފައިވާ ސެޓްފިކެޓަކަށް ވާންޖެހޭނެއެވެ.)

ކޯހުގެ ޝަރުޠު

  • މި ކޯހަށް ކެންޑިޑޭޓުން ނޮމިނޭޓްކުރެވޭނީ "ސްޓާފް ޑިވަލޮޕްމަންޓް" ގެ އުސޫލާ އެއްގޮތްވާގޮތުގެ މަތީންނެވެ.
  • މި ކޯހާބެހޭ އިތުރު މަޢުލޫމާތާ އެޕްލިކޭޝަން ފޯމު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ވެބްސައިޓް www.meteorology.gov.mv/uploads/Application-MMS.pdf އިން ލިބެން ހުންނާނެއެވެ.
  • ކޯހަށް ހުށަހަޅާ ޑިޕްލޮމާއިން ފެށިގެން މަތީސެޓްފިކެޓްތަކަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓަކަށް ވާންވާނެއެވެ. އަދި ބެޗެލަރސް ޑިގްރީ ސެޓްފިކެޓް ނުލިބޭފަރާތްތަކުން ޕްރޮވިޝަނަލް ސެޓްފިކެޓް ހުށަހަޅާނަމަ އެ ކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީއިން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އެ ސެޓްފިކެޓްތަކާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • މި ސްކީމްގެ ދަށުން ކޮންމެ ކެންޑިޑޭޓަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އެޕްލިކޭޝަން ފޯމެވެ. އެއް ކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
  • އެ ކެންޑިޑޭޓަކު ބެޗްލާރސް ޑިގްރީ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިން އާންމުކޮށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބަލައި ގްރޭޑިންގ ސްކީމާ ތަފާތުނަމަ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިން ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބަލަމުންގެންދާ އުސޫލުގެ މަތިންނެވެ. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ޕޮއިންޓް ދޭގޮތުގެ ތަފުސީލު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެއެވެ.
  • މި ކޯހަށް ހޮވޭ ފަރާތުން ކޯސް ފުރިހަމަކުރުމަށްފަހު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ޚިދުމަތްކުރުމަށް ބޮންޑް ކުރެވޭނެއެވެ. އަދި ކޯސް ނިންމާ ސެޓްފިކެޓް ހާސިލު ކުރުމުން ވަޒީފާ އަދާކުރަންޖެހޭނީ ހުޅުލޭގައި ހުންނަ ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރގައެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާނެތީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
  • ހުށަހަޅަންޖެހޭ ތަކެތި ހަމަޔަށް ހުށަހަޅުއްވާފައިނުވާ އެޕްލިކޭޝަންތައް ޑިސްކޮލިފައި ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ސަރުކާރު އޮފީހަކުން ނުވަތަ ލޯފާމަކުން ނުވަތަ އެ މީހަކު ވަޒީފާއަދާކުރާ އޮފީހަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އެޓެސްޓް ކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެވޭ ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ).
  • އެ ޓެސްޓެޑް އޮރިޖިނަލް ސެޓްފިކެޓްތަކުން ނަގާފައިވާ ކޮޕީ، އަދި އެ ޓެސްޓެޑްކޮށްފައިވާ ސްކޭން ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ. އަދި އެ ޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންއަށް ލިބިގެންވެއެވެ.
  • ކޯހަށް އެދި ހުށަހަޅާ ޑިޕްލޮމާއިން މަތީ ސެޓްފިކެޓްތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓަކަށް ވާންޖެހޭނެއެވެ. އަދި ޑިގްރީ ސެޓްފިކެޓް ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓްފިކެޓް ހުށަހަޅާނަމަ އެ ކެންޑިޑޭޓެއް ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ގަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ އަދި އެ އޮތޯރިޓީއިން ގަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަން ވާނެއެވެ. އަދި އެ ސެޓްފިކޭޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު (ވަނަވަރުގައި ކެންޑިޑޭޓްގެ ސޮއި އާއި ތާރީޚު އޮންނަންވާނެއެވެ).
  • ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތުގެ ޚިދުމަތްކުރުމުގެ ބޮންޑެއް އޮތްމީހަކުނަމަ، އެ ތަނުން އެ މީހަކު ދޫކުރާނެކަމުގެ ލިޔުން.
  • ކޯސް ފުރިހަމަށްފަހު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ޚިދުމަތްކުރުމާމެދު އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް.
  • ޚިދުމަތް ކޮށްފައިވާ މުއްދަތު އަންގައިދޭ ލިޔުމެއް.
  • އައިޑީ ކާޑުގެ ކޮޕީ

 

ހުށަހަޅަންޖެހޭ ތަކެތި

މި ކޯސްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ސީވީ އަދި ޚިދުމަތް ކޮށްފައިވާ މުއްދަތު އަންގައިދޭ ލިޔުން 24 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޕްލޭނިންސެކްޝަނަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ސެޓްފިކެޓްތަކަކީ މޯލްޑިވްސް އެކްރެޑިޓޭަޝަން ބޯޑުން ވެލިޑޭޓް ކޮށްފައިވާ ސެޓްފިކެޓްތަކަށް ވާންޖެހޭނެއެވެ.

ސުންގަޑި

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި 3332612 މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ޕްލޭނިންގ ޔުނިޓާ ގުޅުއްވުން އެދެމެވެ.

17 އޮގަސްޓް 2015
ހޯދާ