ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ އަށް އެލިޓްރާ ސްޓޯރޭޖް އެކްސްޕޭންޑް ކޮއްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ އަށް އެލިޓްރާ ސްޓޯރޭޖް އެކްސްޕޭންޑް ކޮއްދޭނެ ފަރާތެއް  ހޯދުމަށް ބޭނުންވާތީވެ، ބީލަން ހުށައެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލަމެވެ. މިމަސައްކަތުގެ "ބީލަން ފޮތް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްކަރުދާސްކުރެވިފައިވާނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިޢުލާން ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 22 އެޕްރީލް 2025 ވާ އަންގާރަ ދުވަހު ގެ 10:00 ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 22 އެޕްރީލް 2025 ވާ އަންގާރަ ދުވަހުގެ 10:10 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 15 އެޕްރީލް 2025 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އަދި އިސްވެދެންނެވުނު ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅޭ ސުވާލުތަކުގެ ޖަވާބުތައް މިއިދާރާގެ ވެބްސައިޓް www.ncit.gov.mv ގައި 16 އެޕްރީލް 2025 ވާ ބުދަ ދުވަހުގެ 13:30 ގައި ޝާޢިއުކުރެވޭނެއެވެ.

އީމެއިލް އެޑްރެސް:[email protected]

ނޯޓް: ސިޓީއުރައިގެ ބޭރުގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

ބީލަމުގެ ނަން:

އިޢުލާނު ނަންބަރު: 

ބީލަން ހުށަހަޅާ ފަރާތުގެ ނަން:

10 އެޕްރީލް 2025
ހޯދާ