ދިވެހިރާއްޖެ
އދ.ހަންޏާމީދޫއިން 05 ފެބްރުއަރީ 2025 ގައި ގޯތިދޫކުރުމަށް ކޮށްފައިވާ އިއުލާން ނަންބަރު (IUL)347/347/2025/8 އާއި އެކު ޝާއިޢު ކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމަށް އަމަލުކުރާނެ އުސޫލަށް ގެނެވުނު އިސްލާހާއި ގުޅިގެން އދ.ހަންޏާމީދޫއިން ދިރިއުޅުމަށް 1550 އަކަފޫޓުގެ 55 ގޯތި ދޫކުރުމަށް ކޮށްފައިވާ އިއުލާނުގައިވާ ގޯތި ފޯމް ބަލައިގަތުން 01 މެއި 2025 އަށް އިތުރުކޮށް ގޯތި ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. މި އިސްލާހާއި ގުޅިގެން ކުރިން ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން އިތުރަށް ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ.
އދ.ހަންޏާމީދޫއިން ބަންޑާރަ ގޯތި ދޫކުރުމަށް އެދޭ ފޯމް ބަލައިގަތުން ކުރިއަށްދާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
- ފޯމު ދޫކުރުން: 01 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން.
- ފޯމު ބަލައިގަތުން: 01 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 12:00އަށެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
10 އޭޕްރިލް 2025